ސައިކަލެއް ކަހާލައިގެން ވެރިރަށް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީމ މިއަދު މެންދުރުފަހު 03:30 އެހާކަށްހާއިރު ދަރުބާރުގެ އާއި މޫންލައިޓް ހިނގުން ގުޅުނު ކަންމަތިން ސައިކަލެއް ދުއްވާފައިދިޔަ މީހަކު ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
މިއެކްސިޑެންޓްގައި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާވެފައިވާއިރު، އޭނާއަށް މިހާރުދަނީ އައިޖީއެމް އެޗުގައި ފަރުވާ ދެމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މި ހާދިސާ ހިނގިވަގުތު ސައިލަކު ދުއްވަން އިން މީހާގެ ލައިސެންސް ނެތް ކަމަށެވެ.
BREAKING: Accidentvi Zuvaanaa ICU Gaihttps://t.co/kYzj7gek9F
— Feshun (@feshunonline) February 19, 2020
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




