ޢަބްދުﷲ ޖާބިރު - ފޮޓޯ: ވީނިއުސް

"އަޅުގަނޑަކީ ބިލިޔަނަރެއް، ކާށިދޫ ދާއިރާ ތަރައްގީ ކުރާނަން"

ކާށިދޫ ދާއިރާގެ ތަރައްގީއާ މެދު ބަޔަކު ސުވާލު އުފައްދާ ކަމަށާއި ނަމަވެސް އެއީ ސުވާލު އުފައްދައި، ޝައްކު އުފައްދަން ޖެހޭ ކަމެއް ނޫން ކަމަށް އެދާއިރާގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ، އެމަނިކުފާނަކީ "ބިލިޔަނަރެ" ކަމަށާއި އަބަދުވެސް އެސެޓްތައް ދައުރުވޭވެ ހުންނާނެ ކަމަށެވެ. އަދި ބޭންކު ލޯނެއްވެސް އޭނާގެ ނަމުގައި ނުހުންނާނެ ކަމަށާއި ރާއްޖޭގައި ބޭންކު ލޯނެއް ނެތް ވިޔަފާރިވެރިއެއް މަދުވާނެ ކަމަށް ވިދާޅުވިއެވެ.

ކާށިދޫ ދާއިރާ ތަރައްގީ ކުރާނެ ކަން ދާއިރާގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، މިހާރުވެސް ބައެއް މަޝްރޫއުތައް ހިނގަމުން ދާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެކަން ބަލައި ރައްޔިތުންނަށް ހާމަކުރުމަށް ނޫސްވެރިންނަށް ޖާބިރު ވަނީ ދައުވަތުވެސް އަރުވާފައެވެ.

އިންތިޚާބީ ބަހުސްގައި ޖާބިރު ވަނީ ކާށިދޫ ދާއިރާ، ރާއްޖޭގެ އެއްވެސް ސިޓީއެއް ތަރައްގީ ވެފައި ނެތް މިންވަރަށް ތަރައްގީ ކުރާނެކަމަށް ވިދާޅުވެފައެވެ. ކޭބަލް ކާރުގެ ޒަރިއްޔާއިން ދަތުރުކުރެވޭނެ ގޮތް ހަދާނެ ކަމަށާއި ފެންވަރު ރަނގަޅު ހޮސްޕިޓަލް އަޅައި ފެންވަރު ރަނގަޅު ޔުނިވާސިޓީތައް އެޅުމުން މާލޭ މީހުން ވެސް ދެން ދާންވީ ކާށިދޫ އާ ގާފަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ