11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކޮށްދޭނެ ފަރާތެއް ހޯދަނީ

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުޞޫލުން 11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިޢުލާންގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން 11 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައި ވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުޞޫލުން ފެނާއި ނަރުދަމާ ގާއިމުކުރުމަށް އިއްޔެ އިޢުލާން ކުރި 11 ރަށަކީ
ބ. ދޮންފަނު
ބ. ފެހެންދޫ
ބ. ފުޅަދޫ
ބ. ކިހާދޫ
ބ. ކުޑަރިކިލު
ކ. ތުލުސްދޫ
ނ. ލަންދޫ
ނ. މަގޫދޫ
ނ. މިލަދޫ
ށ. ބިލެތްފަހި
ށ. ނޫމަރާ

ބީލަން ހުޅުވުން އޮންނާނީ 15 މާރިޗު 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ކުރި އިޢުލާންގައި ބުނެފައިވެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ