އުފާވެރި މީހުން މިކަންކަމެއް ނުކުރާނެ!

އަމިއްލަ އަށް އުފާވެރިކަން ހޯދުމަށް ކުރެވޭނެ ބައިވަރު ކަންތައްތައް އަމިއްލައަށް ވިސްނާލުމުންވެސް އެނގޭނެއެވެ. ގިނަ މީހުން ދެކޭގޮތުގައި އުފަލުގައި ހުރެވޭނީވެސް ނުވަތަ އުފާ ކޮށްދެވެނީވެސް އަމިއްލަ އަށް ކުރެވޭ ކަންތައްތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް ނުކޮށް ދޫކޮށްލެވޭ ކަންކަމުގެ ސަބަބުން ނުވަތަ ބައެއް ކަންތައްތައް ކުރުމުން ދުރުހެލިވުމުން އުފަލުގައި ހުރެވޭނެކަން ދުވަސްހަކުވެސް ވިސްނާލިންތޯއެވެ؟

1. އަމިއްލަ ދިރިއުޅުން އެހެންމީހުންގެ ދިރިއުޅުމާއި އަޅާނުކިޔުން

ހިތާމަ ވެރި މީހުންނާއި އުފަލުގައި ދިރިއުޅޭ މީހުންނާއި ހުރި އެންމެ ބޮޑު ތަފާތަކީ، އުފާވެރި މީހުން، އެމީހުންގެ އަމިއްލަ ދިރިއުޅުން އެހެންމީހުންގެ ދިރިއުޅުމާއި އަޅާ ނުކިޔުމެވެ. ނުވަތަ އެހެންމީހުންގެ ދިރިއުޅުން މާ ފުރިހަމަވުމުން އެކަމާއި ދެރަވެ، ހަސަދަލާ ނުހެދުމެވެ. އޭގެ ބަދަލުގައި އުފާވެރި މީހުން އެމީހުންނަށް ލިބިފައި ހުރި ނިއުމަތްތަކާއި، ހާސިލުކުރެވިފައި ހުންނަ ކަންކަމަށް ބޮޑަށް ސަމާލުކަންދެއެވެ. އަދި އުފާލުގައި ދިރުއުޅޭ މީހުން، އެހެންމީހުންގެ ދިރިއުޅުގެ ކަންތައްތަކަށް ބަރޯސާވެގެން ނޫޅޭނެއެވެ.

2. ހުރިހާ ވަގުތުތައް ސޯޝަލް މީޑިއާގައި ހޭދަނުކުރުން

ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރުަމަކީ، މީހާ އެކަމަށް ދެވި ހިފާކަމެކެވެ. ނޭނގިނަމަވެސް މިކަމުގެ ސަބަބުން އެހެންމީހުން ދިރިއުޅުން މާބޮޑަށް ފުރިހަމަވުމުން އެކަމާއި ހަސަދަލާ ހިތު ތެރޭގައި ނަފްރަތު އުފެދޭގޮތް މެދުވެރިވެއެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ނަފްސާމެދު ޝަކުވާކޮށް ހިތާމަކުރުމަށް މެދުވެރިވެއެވެ. އެހެން ކަމުން އުފާވެރިމީހުން، މާ ގިނައިން ސޯޝަލް މީޑިއާގައި އަގުހުރި ވަގުތުތައް ބޭކާރެއް ނުކުރާނެއެވެ.

3. އެހެންމީހުނަށް ބުލީނުކުރުން

މިއީ ބޮޑު ހިތާމައެއް މެދުވެރިވެފައިވާ ނުވަތަ ހިތާމައެއްކުރަމުންދާ މީހުން ވަރަށް ގިނައިން ކުރާ ކަމެކެވެ. އެ ހިތާމައިގެ ސަބަބުން އަމިއްލަ ނަފްސް ހިތްހަމަ ޖެއްސުމަށްޓަކައި، އެހެން މީހުންނާއި ބުލީކުރުމެވެ. އެހެންނަމަވެސް ހަޤީގަތުގައި މިކަމުގެ ސަބަބުން ދުވަހަކުވެސް އަމިއްލަ ނަފްސަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

4. އުނި ކަންތައްތަކަށް ސަމާލުކަން ނުދިނުން

އަމިއްލަ ދިރިއުޅުމުގައި ނުވަތަ އަމިއްލަ މީހާގެ ގައިގައި ވާ އުނި ސިފަތަކަށް ސަމާލުކަން ދީ އެކަންކަނ ރަނގަޅު ކުރެވޭތޯ ބެލުމަށްވުރެ ތިމާ އަތުގައި ހުރި ނިއުމަތްތަކަށް ބޮޑަށް އިސްކަންދީ، އެ ނިއުމަތްތަކާއި ވިސްނުމަކީ، އެންމެ އުފާވެރި މީހުންގެ ސިފައެކެވެ. އެހެންނަމަވެސް ހިތާމަވެރި މީހުންނަކީ، އަބަދުވެސް ހުރިހާ ކާމިޔާބީއަކާއި، ތިމާގައިގައި ނެތް ސިފަތައް ބޭނުންވެ އެކަމާ ޝަކުވާ ކުރާ މީހުންނެވެ.

މިއީ އަމިއްލަ ދިރިއުޅުން އުފަލުގައި ބެހެއްޓުމަށް ތިމާ ނުކުރަންވީ ކަންކަމެވެ. އެހެންކަމުން މިފަދަ ކަމެއް ކުރެވެނީނަމަ، އެކަމުން އަވަހަށް ދުރުހެލިވާށެވެ. އޭރުން ދިރިއުޅުން އުފާވެރިވެދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ