މިނިސްޓަރ އަސްލަމް

އާމަޖިލީހަށް އަސްލަމްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރުދީފި

އާ މަޖިލީހުން ކުރާނެ ފުރަތަމަ ކަމަކީ އިތުބާރު ގެއްލިފައިވާ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށް، ވިދާޅުވެ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމުގެ އިންޒާރު ކާށިދޫ ދާއިރާއަށް އިންތިޚާބުވި އަބްދުﷲ ޖާބިރު މިއަދު ދެއްވައިފިއެވެ.

މިނިސްޓަރ އަސްލަމަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެ ޖާބިރު ވިދާޅުވީ, މިއީ އޭނާ ޚަރަދުކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި މިސަރުކާރުގެ ސީނިއާ މިނިސްޓަރަކު ރަށްރަށަށް ވަޑައިގެން އޭނާ އާއި ދެކޮޅަށް ކެމްޕޭން ކުރަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑެއް ނޫން ދައުލަތުގެ ފައިސާ އިން ފޯން ބިލް ދެއްކީކީ. އަސްލަންޓޭ ދައުލަތުގެ ފައިސާ އިން ފޯން ބިލްދެއްކީ. އަސްލަންޓޭ ޖެހޭނެ މަޢާފަށް އެދެން. ނޫނިއްޔާ އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާނަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނަގާފައި ވީނަމަވެސް އެހުރިހާ މެންބަރުން އެމްޑީޕީން ބުނިހާ ގޮތަކަށް ވޯޓް ނުދޭނެ ކަމަށާއި، އޭގެތެރޭގައި ތިބޭނެ ޖާބިރު ޚަރަދުކޮށްގެން ހޮވުނު މެންބަރުން ވެސް ތިބޭނެ ކަމަށެވެ. އޭގެ ރިޓާން ޖާބިރަށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި މަޖިލިހުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހު ބާއްވަން މަޖިލިހުގެ އިދާރާ އިން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. Aharen

    Majlice menbarukamuge sharuthu thakuge thereyga oveythoa buhdhi salaamathun hurunnanjeheyvaahaka. Neygeythee ahaalee

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް