މާލޭ ދަފްތަރު އުވާލާ، އެމީހުންނަށް ހިލޭ ހުޅުމާލެއިން ގޯތި ދޭނެކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން ވިދަޅުވެފައިވަނީ ކުރީގެ ސަރުކާރުތަކުން ޤައުމީ ތަރައްޤީޤެ ފޯކަސް ހަމައެކަނި މާލެ ސަރަހައްދަށް ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅު ތަކުން އެކި ޒަރޫރީ ބޭނުމުގައި މާލެއަށް މީހުން ދިރިއުޅުން ކޮށްފައިވާކަމަށެވެ.
"މާލޭ ދަފްތަރުގެ ނަމުގައި ހެދި ފޮތެއްގައި ރަޖިސްޓްރީވެ، މާލޭ މީހުންގެ ގޮތުގައި މަގުމަތިވެ ބިކަހާލުގައި އުޅޭކަން ނުދަންނަ ދިވެއްސެއް ނުހުންނާނެ!" އެމްޑީޕީގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވެފައިވަނީ އެބޭފުޅާގެ މޭޔަރު ކަމުގައި މާލޭ ދަފްތަރު އުވާލާނެކަމަށާއި އަދި އެމީހުންނަށް ޚާއްސަކޮށްގެން ހުޅުމާލެއިން 10،000 ގޯތި ހިލޭ ދޫކުރާނެކަމަށެވެ.
"އަޅުގަނޑުގެ މޭޔަރ ކަމުގައި މާލޭ ދަފްތަރު އުވާލާނަން!" މާލޭ ދަފްތަރަށް ނިމުން ގެނައުމުގެ ނަމުގައި އަލްހާން ވިދާޅުވެފައިވެއެވެ.
އަލްހާން ފަހުމީ އަންނަނީ އެބޭފުޅާގެ މޭޔަރު ކަމުގައި ކުރާނެ ކަންތައްތަކާއި ގުޅޭ ގޮތުން މާލެއަށް ގިނަ ވަޢުދުތަކެއް ވަމުންނެވެ.




2 Responses
މާލެ މޭޔަރަކީ ޤާނޫނީ ގޮތުން އެފަދަ ބާރުވެރިކަން ލިބިގެންވާ މަގާމެއް ނޫން. ޢެހެންނޫނަސް ހުޅުމާލެ އަކީ ވަކި ބައެއްގެ ތަނެއް ނޫން އެއީ ދިވެހި ޢެންމެހައި ރައްޔިތުންގެ ތަނެއް
މިބީ**ކަނޭންގޭތަ މީނަ މިކުރިމަތި ލަނީ މާލޭގެ މޭޔަރައްކަމެ؟ދަފްތަރުގަ ތިބެނީ ރައްރަށުން މާލެ އައިސް ތިބޭ މީހުނޭ؟. ތި ކެންޕެއިން ކުރެވެނީ ގައުމު ގެ ރައީސް ކަމައް!! ބީ**