ށ.ފުނަދޫ - ފޮޓޯ: މީސްމީޑިއާ

މޫދަށް ވެއްޓި ތުއްތު ކުއްޖަކު ނިޔާވެއްޖެ

މޫދަށް ވެއްޓި ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ށ. ފުނަދޫގައި 1 އަހަރާއި 9 މަހުގެ ތުއްތު ފިރިިހެން ކުއްޖަކު ގެނބިގެން ނިޔާވެފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މިމައުލޫމާތު ލިބިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެކުއްޖާ ނިޔާވީ މިއަދު އަސަރު ނަމާދު ނިމުނު ހާއިރުއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙިމްފުޅު މިނޫހަށް ވިދާޅުވީ، އެގެއަކީ މޫދު ކައިރި ސަރަޙައްދުގައި ހުންނަ ގެއެއްކަމަށާއި، ބެލެވޭ ގޮތުގައި ކުއްޖާގެ މަންނަ ވުޟޫކުރަން ވަތްގަޑީ ބޭރަށް ދިޔައީކަމަށެވެ. އަދި ގޭތެރޭ ތިބި ކުދިން ކޮއްކޮ ނުފެނިގެން ހޯދަން އުޅުމުން މަންމަ ވުޟޫކުރަން ހުރެފައި ނުކުތްއިރު އެކުއްޖާ ފެނުނީ މޫދުން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެކުއްޖާ އޮތީ ނިޔާވެފައިކަމަށް އަޙްމަދު ވިދާޅުވިއެވެ.

އެކުއްޖާގެ މަންމަ މިވަގުތު ޝޮކެއްގައި ހުރުމުން ހާދިސާ ރަނގަޅަށް ސާފުނުވާކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ. އަޙްމަދު ވިދާޅުވި ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން ހިބަރެއް ނަގަން އުޅެނިކޮށް ކަރުގައި ކަންވާރު އޮޅިގެން މޫދަށް ވެއްޓި ނިޔާވެފައިވަނީ އެކުއްޖާގެ މަންމަގެ ބައްޕައެވެ.

"އެއްކުއްޖާގެ މަންމައަކީ އުޅުން ރަނގަޅު، ދަރިންވެސް ވަރަށް ރަނގަޅަށް ބަލާ މަންމައެއް. އެހެންނަމަވެސް ކަމެއްވާނީ ބުނެފައެއްނޫން." އަޙްމަދު ވިދާޅުވިއެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ