ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ ކުރިން ނ. މާފަރު ކައުންސިލް ގޮނޑިއެއްވެސް އެމްޑީޕީން ކަށަވަރު ކޮށްފިއެވެ.
މާފަރު ކައުންސިލް ރައީސް ކަމަށް ވާދަކުރައްވަން ހުށައެޅުއްވީ އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ފަރާތުން އެކަންނެވެ.
އިންތިޚާބަކާއި ނުލައި މާފަރު ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި މުހައްމަދު އަދްނާނެވެ.
ނ އަތޮޅު ކުޑަފަރީ ކައުންސިލްގެ ރައީސްގެ ގޮނޑި އާއި އަންހެން 2 މެންބަރުންގެ ގޮނޑި ކަށަވަރުކޮށް އެމްޑީޕީން ވަނީ އިންތިޚާބުގެ ކުރިން ކުޑަފަރޯ ކައުންސިލްގެ ގޮނޑިވެސް ކަށަވަރު ކޮށްފައެވެ.
އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފާއިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން އެމްޑީޕީން ރަސްމީކޮށް ރޭގައި ފަށާފައިވާއިރު ޕީޕީއެމް އިންވެސް ވަރަށް އަވަހަށް ކެމްޕެއިން ލޯންޗު ކުރައްވާނެ ކަމަށް އެޕާޓީން ބުނެއެވެ.




