ކޮރޯނާ ވައިރަސްއާއި ގުޅިގެން ސީރީއާގެ 3 މެޗެއް ކެންސަލް ކޮށްފި

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އާއި ގުޅިގެން އިޓާލއިން ސީރީއާގެ 3 މެޗެއް ކެންސަލް ކޮށްފިއެވެ.

އިޓާލިއަން ސީރީއާގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ 3 މެޗެއް ކެންސަލަކޮށްފައިވާކަން އިޓަލީގެ ޕްރައިމް މިނިސްޓަރުވަނީ އިޢުލާންކޮށްފައެވެ.

ސީރީއާގައި ކެންސަލްކޮށްފައިވާ މެޗުތަކަކީ ވެރޯނާއާއި ކަގްލިއަރީ ބައްދަލުކުރާ މެޗާއި އަޓަލާންޓާއާއި ސަސޫލޯ ބައްދަލުކުރާ މެޗުގެ އިތުރުން ޓޮރިނޯއާއި ޕާމާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗެވެ. ވައިރަހާއި ގުޅިގެން އެސަރަޙައްދުތައް މުޅިންހެންވަނީ ބަންދުކޮށްފައެވެ. ސްކޫލްތަކާއި އޮފީސްތައްވަނީ ބަންދުކޮށްފައެވެ.

މީގެއިތުރުން އިޓަލީގައި ކުޅުމަށް ހަމަޖެހިފައިވާ ގިނަ މެޗުތަކެއް ކެންސަލްކޮށްފައިވާއިރު، އިއްޔެވެސްވަނީ ސީރީއާ ބީ ގައި ކުޅެން ހަމަޖެހިފައިވާ 42 މެޗެއް ކެންސަލްކޮށްފައެވެ.

ރިޕޯރޓްތައް ބުނާގޮތުން ކޮރޯނާ ވައިރަސް ޖެހިގެން އިޓަލީން މިހާތަަނަށް ދެމީހަކުވަނީ މަރުވެފައެވެ. އަދި އިތުރު 79 މީހަކު މިވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށްވެއެވެ. ޔޫރަޕްގައި މިވައިރަހުގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ އިޓަލީއިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ