ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ތިއުޅެނީ ޕްރޮޖެކްޓަރު ގެއްލިގެންތަ؟

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޕްރޮޖެކްޓަރެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، 2020 ފެބުރުވަރީ 23 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްްގައި ހައްޔަރުކުރި ދެމީހެއްގެ އަތުން އޭސަރ ބްރާންޑްގެ ޕްރޮޖެކްޓަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"މި ޕްރޮޖެކްޓަރުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ނަންބަރު 9631696 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.

ވައްކަމުގެ މައްސަލަތަކުގައާއި، އެހެނިހެން ގޮތްގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މިފަދަ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް އަބަދުވެސް ފުލުހުން ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ