އަންހެނެއްގެ ކޯތާފަތްމަތީގައި ޖެހި މީހަކު 200 ރުފިޔާއިން ޖޫރުމަނާ ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި ހުކުމްކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ލ. މާމެންދޫ / ހުދުފަސް، އަހްމަދު އިނާޒުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވިދާޅުވީ، ދައުލަތުން ލ.މާމެންދޫގެ ހުދުފަސް، އަޙްމަދު އިޔާޒުގެ މައްޗަށް ކުޅަ މާރާމާރީ ހިންގުމުގެ ކުށުގެ މިދަޢުވާގެ މައްސަލައިގެ އިބްތިދާއީ މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި އަޙްމަދު އިޔާޒު އިޢުތިރާފުވެފައިވާކަމަށެވެ.
އެހެންކަމުން މާރާމާރީ ހިންގުމުގެ ކުށުން ލ.މާމެންދޫ ހުދުފަސް، އަޙްމަދު އިނާޒު ކުށްވެރިވާ ކަމަށް ކަނޑައަޅައި 200 ރުފިޔާ އިން ޖޫރިމަނާ ކުރާ ކަމަށް ހުކުމުގައިވެއެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
ލ.މާމެންދޫ ބޯޅަދަނޑުގައި ހިނގި ހަމަނުޖެހުމެއްގައި އަޙްމަދު އިނާޒުގެ އަތުން މަރްޔަމް ޢަޒީފާގެ ކޯތާފަތްމަތީގައި އެއް ފަހަރު ޖަހައި މާރާމާރީ ހިންގާފައިވާތީކަމަށްބުނެ، ދައުލަތުންކުރި ދަޢުވާއަށް އިޢުތިރާފްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް، މަޖުބޫރުކަމެއް އަދި ބިރުދެއްކުމެއްނެތި އަމިއްލަ އިޚްތިޔާރުގައިކަމަށް ދައުވާއަށް ޖަވާބުދާރީވަމުން އަޙްމަދު އިޔާޒު ބުނެފައިވެއެވެ.