ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ ނަޕޯލީއާއި ދެކޮޅަށް ކުޅުނު މެޗުގައި އެންޓޮއިން ގްރިޒްމަން ކާމިޔާބުކޮށްދިން ލަނޑާއެކު ބަލިނުވެ، ބާސެލޯނާ ސަލާމަތް ވެއްޖެއެވެ.
ސަން ޕައުލޯގައި ކުޅެވުނު ފޯރިގަދަ މިމެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގައި ބާސެލޯނާގެ ރަސްމީ ޓަކާޓީކީ ކުޅުން ފެނިގެންދިޔަނަމަވެސް، ނަޕޯލީއިންވަނީ ވަރަށް ވިސްނުންތެރިކަމާއެކު ޑިފެންސްކޮށްފައެވެ. ބާސެލޯނާ ހަމަލާއެއް އުފެއްދުމުގެ ޖާގައެއް ނުދީވޭތޯ ނަޕޯލީއިން ބުރަ މަސައްކަތްކޮށްފައިވާއިރު، މުޅި މެޗުގައިވެސް ނަޕޯލީ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ.
ނަޕޯލީގެ މުޅި ގޭމް ބައްޓަންކޮށްފައި އޮތީ ޑިފެންސްކުރަމުން ކައުންޓަރ އެޓާކު ކުރާގޮތަށެވެ. އެގޮތުން ލިބުނު ފުރުޞަތެއްގެ ބޭނުންހިފައި ނަޕޯލީއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 30 ވަނަ މިނަޓްގައި މާޓެންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މާޓެންސް ނަޕޯލީއަށް ކާމިޔާބުކޮށްދިން 121 ވަނަ ލަނޑެވެ. މިލަނޑާއެކު މާޓެންސްވަނީ ނަޕޯލީއަށް އެންމެ ގިނަ ލަނޑުޖަހާދީފައިވާ މަރެކް ހަމްސިކްއާއި ހަމަކޮށްފައެވެ. އަދި މިއީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މާޓެންސް ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
⏱ 30 | DRIES!!! ?
— Official SSC Napoli (@en_sscnapoli) February 25, 2020
? @dries_mertens14 curls a brilliant finish into the top corner from 20 yards out to put us in front! That's goal number 1️⃣2️⃣1️⃣ for #Mertens!
⚽ #NAPBAR 1-0
? #ForzaNapoliSempre pic.twitter.com/9DrwIHk7NY
މުޅި އާހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް ބާސެލޯނާއިން ހަމަލާތަށް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ބުސްކެޓްގެ ހިތްގައިމު ޕާހަކުން ލިބުނު ހަނި ފުރުސަތެއްގައި ސެމޭޑޯ ނަގައިދިން ހުރަހަކުން ގްރިޒްމަން ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ 57 ވަނަ މިނަޓްގައެވެ. މިއީ ގްރިޒްމަން ބާސެލޯނާއަށް ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ.
ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރިފަހުން ނަޕޯލީއަށް ދެވަނަ ފަހަރަށް ލީޑު ނަގަން ރަނުގެ ދެފުރުޞަތެއްވަނީ ލިބިގެން ގޮސްފައެވެ. އެހެންނަމަވެސް ބާސެލޯނާގެ ކީޕަރު ސްޓެގެންވަނީ މިދެހަމަލާވެސް ދިފާޢުކޮށްފައެވެ. އިތުރު ލަނޑެއް ނުފެނި މެޗު އެއްވަރުވެގެން ނިމުނުއިރު، މެޗުގެ ފަހު މިނަޓްގައި ބާސެލޯނާ އާތޫރޯ ވިޑާލްއަށް ދެރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކާފައިވަނީ ނަޕޯލީގެ މާރިއޯ ރުއީއަށް ވިޑާލްކުރި ފައުލަށްފަހު ދެކުޅުންތެރިން ދެމެދުގައި ހިނގި ހަމަނުޖެއްހުމެއްގައެވެ.
މިމެޗުގެ ދެވަނަ ލެގު ކޭމްޕްނޯގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗްމަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.



