ސޯސަންމަގުގައި ހިނގި ފޭރުމުގެ މައްސަލައަކާއި ގުޅިގެން ސޯސަންމަގުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ، ފޭރުމުގެ މައްސަލައެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ގަލޮޅު ޕޮލިހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
"ފުލުހުން އެސަރަހައްދަށް ގޮސް 28އ، 38އ، 22އ، އަދި 49 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށާއި، މީހުން ހައްޔަރުކުރުމުގެ އިތުރުން ފޭރުނު ފޯނުވެސް ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
Sosun Magugai feyrumuge massala eh hingaigen ulheykamah miadhu fuluhunnah libunu mauloomaathakaa gulhigen #GalolhuPolice in e'sarahahdhah gos 28a, 38a, 22a adhi 49a ge meeheh (Dhivehi firihenun) hayyaru koffaivey.
— Maldives Police (@PoliceMv) February 26, 2020
Adhi feyrunu phone hoadhaafaivey. pic.twitter.com/top4WZz0G7
ފޭރުމުގެ މައްސަލަތައް ވޭތުވެދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އިތުރުވެފައިވާއިރު، ފޭރުމާއި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.



