ފޮޓޯ ޢާއްމުކޮށް މީހަކު ހޯދަން ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެ

ފޮޓޯ ޢާއްމުކޮށް މީހަކު ހޯދަން ފުލުހުން ޢާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މަތީގައިވާ ފޯޓޯއިން ފެންނަ މީހަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ކަށަވަރުކުރެވިފައިނުވާތީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަމްބަރު 449901 ވިދާޅުވެ، މައުލޫމާތު ހިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ދޭ ފަރާތްތައް ސިއްރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ