އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު | ފޮޓޯ : މަޖިލިސް

ޖުމްހޫރީ ޕާޓީ އަކީ ވިޔަފާރި ކުންފުންޏެއް: ވައްޑޭ

ޖުންހޫރީ ޕާޓީ އަކީ ވިޔަފާރި ކުންފުންޏެއް ކަމަށް އުނގާފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެންމެ މުއްސަނދި އެއް ބޭފުޅާ އުފައްދައިގެން އުޅޭ ވިޔަފާރި ކުންފުންޏެއް ކަހަލަ ޕާޓީއެއް ކަމަށެވެ.

ވައްޑޭ ވިދާޅުވީ ޕާޓީ އެއްގެ ވިއްޔާ އަސާސީ ޤަވާއިދެއް ހުންނާނެ ކަމަށާއި ޕާޓީން ވިއްކާ ފިކުރެއް ވެސް ހުންނާނެ ކަމަށެވެ. އެމްޑީޕީ ގެ އަސާސީ ޤަވާއިދު ޕާޓީގެ ވެބްސައިޓުން ފެންނަވާނެ ކަމަށާއި އިންތިޚާބު ތަކުގައި ބައްސަވާ ލީފްލެޓުތައް ގޭގެ ސިޓިން ރޫމްތަކުން ފެންނާނެ ކަމަށެވެ.

ވައްޑޭ ވިދާޅުވީ އެހެން ޕާޓީ އަކުން ޕްރައިމަރީއެއް ވެސް ނުބާއްވާ ކަމަށެވެ. ޖުމްހޫރީ ޕާޓީންވެސް ވަރަށް ފޯރިގަދަ ޕްރައިމަރީ އެކޭ ކިޔާފައި ބޭއްވެވި ޕްރައިމަރީގައި މުޅި ރާއްޖެއިން ވޯޓު ފޮށި ބެހެއްޓީވެސް މާމިނގިލީގަ އާއި ފެންފުށީގައި އެކަނި ކަމަށެވެ.

ވައްޑޭ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ހިނގާ ހަމައެކަނި ޕާޓީ އަކީވެސް އެމްޑީޕީ ކަމަށާއި އުއްމީދީ ސިޔާސަތެއް އޮވެގެން މަސަތްކަތް ކުރަނީ ވެސް އެމްޑީޕީ އެކަނި ކަމަށެވެ. ދެން ހުރި ޕާޓީ ތަކަކީ ޗޮއިސްއެއް ނޫން ކަމަށާއި މި އިންތިޚާބު ބޮޑު ތަނުން އެމްޑީޕީ ކާމިޔާބު ކުރައްވާނެ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ