ޔޫރޮޕާލީގު - އޮލިމްޕިއާކޯސް އަތުން ދަށްވެ އާސެނަލް ކަޓައިފި

ޔޫއެފާ ޔޫރޮޕާ ލީގު ދެވަނަ ބުރުގައި ރޭ އޮލިމްޕިއާކޯސްއާ އަތުން ބަލިވެ އާސެނަލް މުބާރާތާއި ޢަލްވަދާޢު ކިޔަން ޖެހިއްޖެއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅެޗުނު ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު، 1-0 ގެ ނަތީޖާއަކުން ކުރީގައިއޮތީ އޮލިމްޕިއާކޯސްއެވެ. ކޯނަރެއްގައި އަބޫ ސިސޭ ބޮލުން މެޗުގެ 53 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެގްރިގޭޓް އޮތީ 1-1 ގެ ނަތީޖާއަކުން ދެޓީމު އޮތީ އެއްވަރުވެފައެވެ.

އެހެންކަމުން ގަދަ 16 އަށް ދަތުރުކުރާނެ ޓީމެއް ބެލުމަށް 15 މިނަޓްގެ އިތުރު ދެހާފު ކުޅުނެވެ. މީގެތެރެއިން ފުރަތަމަ ހާފުގެ ފަހުކޮޅު އޮބަމަޔާން އޯވަރހެޑަކުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއެކު އާސެނަލްއަށް ހިނިތުންވުން ގެނުވިނަމަވެސް އާސެނަލްގެ އުންމީދުތައް ފެނަށްދިޔައީ ދެވަނަ ހާފުގެ ފަހުކޮޅު އޮލިމްޕިއާކޯސްގެ އެލްއަރަބީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފަހު ވަގުތުގައި އާސެނަލްއަށް މެޗު އެއްވަރުކުރަން ރަނުގެ ފުރުޞަތެއްވަނީ ލިބިގެން ގޮސްފައެވެ. އޭރިއާތެރޭ ހުހަށް ހުއްޓާ އޮބަމަޔާންއަށް ލިބުނު މިބޯޅަ ފޮނުވާލިއިރުވަނީ ގޯލާއި އަމާޒުވާގޮތް ނުވެފައެވެ.

ރޭގެ މެޗު ނިމިގެންދިޔައީ 1-2 ކުން އޮލިމްޕިއާކޯސް ކުރީގައި އޮވެގެންނެވެ. އަދި އެގްރިގޭޓް 2-2 އަކުން އެއްވަރުވެފައިވާއިރު، އޮލިމްޕިއާކޯސްއަށް ކުރި ލިބެނީ އަވޭ ގޯލުގެ ތަފާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ