ފޭރިގަނެފައިވާ ވޮލެޓަކާއެކު ދެމީހަކު ޙައްޔަރުކޮށްފި

ފޭރިގަނެފައިވާ ވޮލެޓަކާއެކު ދެމީހަކު ޙައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މިދެމީހުން ޙައްޔަރުކޮށްފައިވަނީ ރޭ 01:45 ހާއިރުއެވެ. ސައިކަލެއްގައި ދިޔަ ދެމީހަކަށް ޝައްކުކުރެވިގެން ހުއްޓުވާ ފާސްކޮށްފައިވަނީ މާލެތެރޭ ޕެޓްރޯލް ކުރަމުންދިޔައިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ބިދޭސީއެއްގެ އަތުން ފޭރުނު ވޮލެޓެއް އެދެމީހުން ފާސްކުރުމުގެ ތެރޭގައި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެދެމީހުން ޙައްޔަރުކޮށް މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މިމީހުންނާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ