ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ސަލާޙ

ޓައިމް މެގެޒިން އިން މިއަހަރު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ލިވަރޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާހް ހިމެނިއްޖެއެވެ.

ދުނިޔޭގެ އެންމެ ގިނަބަޔެއްގެ ލޯބި ހޯދައިފައިވާ މިސްރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޞަލާހް އާ ބެހޭ ގޮތުން ލިވަރޕޫލްގެ ސަޕޯޓަރެއް ކަމަށްވާ އިނގިރޭސި ކޮމޭޑިއަން ޖޯން އޮލިވަރ ޓައިމް މެގަޒިންގައި ލިޔެފައިވަނީ، ޞަލާހަކީ ފުޓުބޯޅަ ކުޅުންތެރިޔަކަށް ވުރެ ބޮޑަށް، މާ ފުރިހަމަ ސިފަތަކެއް ލިބިފައިވާ ޝަހްސިއްޔަތެއް ކަމަށާއި، އަދި އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށެވެ.

އެމެރިކާގެ “ޓައިމް” މެގެޒިންއިން މިއަހަރު ހޮވި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ މިލިސްޓުގައި ހިމެނޭ ހަމައެކަނި ފިރިހެން ފުޓުބޯޅަ ކުޅުންތެރިއަކީވެސް ޞަލާޙްއެވެ.

ޞަލާހަށް މިހާ ބޮޑު މަޝްހޫރުކަމެއް ލިބިފައިމިވަނީ، 2017 ވަނަ އަހަރު ލިވަރޕޫލަށް ބަދަލުވުމަށްފަހު، ފުރަތަމަ ސީޒަންގައި 44 ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދީ ކުޅުމުގައި ދައްކާފައިވާ މޮޅު ހުނަރުގެ ސަބަބުންނެވެ. އަދި 2018 ވަނަ އަހަރު ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކޮށްފައިވަނީ ޞަލާޙްއެވެ.

ޓައިމް މެގެޒިންގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ޞަލާޙް ހިމެނުމާ ގުޅިގެން ދިން އިންޓިވިއުގައި ޞަލާހް ދިން މުހިއްމު މެސަޖުގައި، މިޑްލް އީސްޓުގެ އަންހެނުންނާ މެދު ރަނގަޅަށް ކަންތައްތައް ކުރުމަށް ގޮވާލާފައިވެއެވެ.

އެމެރިކާގެ “ޓައިމް” މެގެޒިންއިން މިއަހަރު ހޮވި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ މިލިސްޓުގައި ހިމެނޭ އެހެން ޝަހުސިއްޔަތު ތަކަށް ބަލާއިރު، ފޭސްބުކްގެ ބާނީ މާކް ޒުކަބާގް އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ