ސިޔާސީ އޮއިވަރު ބަދަލުނުވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވީ ރައީސް ސޯލިހުގެ ދަތުރަކީ ހަތުރުން މިތުރުންނައް ބަދަލުކޮށްގެން ފެށި ދަތުރެއްކަމަށާއި، ސިޔާސީ އޮއިވަރު ބަދަލުވެފައި ނުވާކަމަށެވެ.
"ސިޔާސީއެއްވުންތަކުގާ މީހުން ގިނަކުރުމަކީ ޕާޓީ ހިންގަންތިބޭ މީހުންގެ ހުނަރެއް" ރީކޯ މޫސަ ވިދާޅުވެފައިވެއެވެ. ރީކޯ އިތުރަށް ވިދާޅުވެފައިވަނީ އިންތިޚާބުގާ ރައްޔަތުމީހާ ދޭ ވޯޓު ގިނަފަހަރު އިޚްތިޔާރު ކުރާނީ ސިޔާސީއެތައްކަމެއްގެތެރޭން ކަމަށެވެ.
ރީކޯ މިހެން ވިދާލުވެފައި މިވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލޯންޗް ކުރުމަށް އިދިކޮޅު ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ގިނަ އަދަދެއްގެ މީހުން ޖަމާވުމާއި ގުޅިގެން ސަރުކާރަށާއި އެމްޑީޕީއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރީކޯ ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެން ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޔާމީންގެ ވެރިކަން ބަދަލުވުމާއިއެކު ރީކޯ ވަނީ ޕީޕީއެމްއިން ވަކިވެފައެވެ.
ރީކޯ އަކީ ކުރީގައި އެމްޑީގެ އިސްމާޤާމްތަކެއް ފުރުއްވާފައިވާ އެޕާޓީގެ ލީޑަރ ޝިޕްގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.





ހިޔާލު
kaley thee kaheenehtha