ބާސެލޯނާއަށްވުރެ ރެއަލްމެޑްރިޑަށް އެލްކްލެސިކޯ މުހިންމު: ކީކޭ

ބާސެލޯނާއަށްވުރެ ރެއަލްމެޑްރިޑަށް އެލްކްލެސިކޯ މެޗު މުހިންމުކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

ކީކޭ ޤަބޫލުކުރާގޮތުގައި އެލްކްލެސިކޯގެ ޕްރެޝަރު ބޮޑަށް އޮތީ މިދިޔަ ހަފްތާގައި ލެވެންޓޭ އަތުން ދަށްވެ ތާވަލްގެ ދެވަނައަށް ވެއްޓިފައިވާ ރެއަލްމެޑްރިޑަށެވެ. ބާސެލޯނާ ތާވަލްގެ އެއްވަނާގައި އޮތީ ރެއަލްއަށްވުރެ ދެޕޮއިންޓް އިތުރަށް ލިބިގެންނެވެ.

"ލީގުގެ ތާވަލަށް ބަލާއިރު، އެލްކްލެސިކޯ ބޮޑަށް މުހިންމުވަނީ ރެއަލްމެޑްރިޑަށް." ކީކޭ ބުންޏެވެ.

މީގެއިތުރުން ކީކޭ ބުނީ، ރެއަލްމެޑްރިޑާކީ ވަރުގަދަ ޓީމެއްކަމަށާއި، މެޗުގައި ޓީމުގެ ފަރާތުން ނުރައްކާ ކުރާނެކަމަށެވެ. އަދި ބޭނުންވަނީ މެޗުން މޮޅުވާންކަމަށާއި، އޭރުން ލީޑު ފުޅާވެ، ލީގު ކާމިޔާބުކުރުމާއި އިތުރަށް ގާތްވެގެންދާނެކަމަށްވެސް ކީކޭ ބުންޏެވެ.

ބާނަބޯގައި ކުޅުމަށް ހަމަޖެހިފައިވާ ސްޕެނިޝް ލަލީގާގެ މިސީޒަންގެ ދެވަނަ އެލްކްލެސިކޯ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 01:00 ގައެވެ. މިއީ ބާސެލޯނާގެ އާ ކޯޗު ކީކޭގެ ފުރަތަމަ އެލްކްލެސިކޯއެވެ.

ކޭމްޕްނޯގައި ކުޅެވުނު މިސީޒަންގެ ފުރަތަމަ އެލްކްސިކޯ ނިމިގެން ގޮސްގައިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ލަލީގާ ތާވަލްގެ އެއްވަނާގައި އޮތް ބާސެލޯނާއަށް 25 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. އަދި 53 ޕޮއިންޓާއެކު ދެވަނާގައި އޮތް ރެއަލްމެޑްރިޑަށް މިރޭގެ މެޗުން މޮޅުވެ ތާވަލްގެ އެއްވަނައަށް އަލުން އެރުމުގެ ފުރުޞަތު އެބައޮތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ