"ބަޅިނދު"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި!

ޑާކް ރެއިން އެންޓަޓައިންމެންޓްއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ބިރުވެރި ފިލްމް “ބަޅިނދު”ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ތިރީސް ސިކުންތުގެ މި ޓީޒާއިން ފިލްމްގެ އެއްވެސް މަންޒަރެއް ނުފެނުނުކަމުގައިވިޔަސް، ދިވެހި އަދި އަރަބި އަކުރާއި ފިލިން ލިޔެފައިވާ ވަށްބޯޑެއް ފެނިގެންދެއެވެ. އަދި ބޯޑުގެ މެދުގައި ތަރީގެ ބައްޓަމަށް ކުރަހާފައި ހުއްޓެވެ.

ބިރުވެރި ހާދިސާއެއް ފެނިގެންދާނެ މި ފިލްމާކީ ޑާކް ރެއިން އިން އުފައްދާ ދެވާނަ ފީޗާރޑް ބިރުވެރި ފިލްމެވެ. ކުރިން ގެނެސްދީފައިވަނީ ތްރީޑީ “ފަތިސް ހަނދުވަރުގެ ފެށުން”އެވެ.

"ބަޅިނދު" ގެ ޝޫޓިން ފަށައިގެން މިހާރު ކުރިއަށްދާއިރު، ފިލްމުގެ މަންޒަރުތައް ނެގަނީ މާލެ އާއިހުޅުމާލޭގައެވެ.

ހޫދް އިބްރާޙިމް ލިޔެ އަޙްމަދު ސިނާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ގިނަ ކާސްޓުންތަކެއް ހިމެނެއެވެ. އެގޮތުން މެއިން ކާސްޓުންގެ ތެރޭގައި ހިމެނެނީ، ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، އަދި އާޝާއެވެ. މީގެ އިތުރުން، ވެބްސީރީޒް ”އެހެނަސް“ އިން ތަޢާރަފުވެފައިވާ ޝަރާ، ޔުނާން އަދި ވެބާ ސިރީޒް ”ހުވާ“އިން ފެނިފައިވާ ހުނޭޝާ އާދަމްވެސް ފެނިގެންދާނެއެވެ.

ޑާކް ރެއިން އިން ޖުމްލަ 4 ފިލްމެއްގެ މަސައްކަތް ގެނެސްދިނުމުގެ މަސައްކަތް މިއަހަރު ފަށާނެކަން މިހާރުވަނީ އިއުލާންކޮށްފައެވެ. އެއީ ފިލްމް “ނޮވެމްބަރ”, “ބަޅިނދު”, “ކައިވެނީގެ އަމާޒް” އަދި “ބައިސާ”އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްއިން ދެން އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމް ”ނޮވެންބަރ” އެވެ. ފިލްމް "ބަޅިނދު" ރިލީޒްކުރާނެ ތާރީޙެއް އަދި ހާމަކޮށްފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ