ދެ ކޭސް ބަނގުރަލާއެކު ފަސް މީހަކު ޙައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ ކޭސް ބަނގުރަލާއެކު ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ފެބްރުއަރީ 29 ވަނަ ދުވަހުގެ 00:30 އެހައިކަންހާއިރު ހުޅުމާލޭ މުދާޖެޓީ ސަރަހައްދުގައި ބަޔަކު ބަނގުރާ އުފުލާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 21 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެއްކަމަށެވެ. އަދި އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ދެ ކޭސް ބަނގުރާ ފެނިފައިވަނީ، އެ މީހުން ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރި ކުރުމުގެ ތެރޭގައިކަމަށެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ