މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް މުހިއްޔުއްދީން ޔާސީން

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2009އިން 2015އަށް ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި މުހިއްޔުއްދީން ޔާސީން އެގައުމުގެ އާ ބޮޑުވަޒީތުކަމަށް މިއަދު އައްޔަން ކޮށްފިއެވެ.

މުހިއްޔުއްދީން ޔާސީން މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފައި މިވަނީ ބޮޑުވަޒީރު ކަމުން މަހާތިރު މުހައްމަދު މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މަހާތިރު ބޮޑުވަޒީރު ކަމުން އިސްތިއުފާ ދީފައިވަނީ 2018 ވަނަ އަހަރު އަންވަރުއާއެކު ހެދި ކޯލިޝަނުގައި މައްސަލަތަކެއް ދިމާވެ އެކަންކަން ހައްލު ނުވުމުންނެވެ. އިސްތިއުފާ ދެއްވުމަށްފަހު ފާއިތުވެދިޔަ ދުވަސްތަކުގައި މަހާތިރު ބޮޑުވަޒީރު ކަމަށް އައުމަށް މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ.

މުހިއްޔުއްދީން ޔާސީން ބޮޑުވަޒީރުކަމަށް އައްޔަން ކުރުމާއެކު މަހާތިރު ވިދާޅުވެފައިވަނީ އެބޭފުޅާއާއި ދެކޮޅަށް ޕާލަމެންޓުގައި ވޯޓު ނަގާނެ ކަމަށެވެ. އަދި ޕާލަމެންޓުގެ ތާއީދު އޮތީ މަހާތިރަށް ކަމަށެވެ.

މުހިއްޔުއްދީން ޔާސީން ބޮޑުވަޒީރުކަމަށް އައިސްފައިވަނީ އިދިކޮޅު އަދި ވެރިކަމުން ދުރުކުރެވި މިހާރު ކޮރަޕްޝަނުގެ މައްސަލަތަކެއް އެބޭފުޅަކާއި ދެކޮޅަށް އުފުލައިފައިވާ ނަޖީބު ރައްޒާގުގެ ތާއީދާއެކުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ