މިލަދޫ ސްކޫލް ތިޖޫރީން ވަގަށް ނެގި ބައެއް ފައިސާ ހޯދައިފި

ލައްކައަކަށް ވުރެ ގިނަ ރުފިޔާއާއެކު ވަގަށް ނަގާފައިވާ ނ. މިލަދޫ ސްކޫލްގެ ތިޖޫރީގައި ހުރި ބައެއް ފައިސާ، ފުލުހުން އެރަށު ގެއަކުން ހޯދައިފިއެވެ.

އިއްޔެ ކޯޓު އަމުރެއްގެ ދަށުން މިލަދޫ ގެއެއް ބަލާ ފާސްކުރިއިރު، އެގޭގެ ކޮޓަރީގެ ތެރެއިން ފެނުނު ދަބަހެއްގައި 94،705 ރުފިޔާ ފޮރުވާފައި ހުއްޓާ ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެގޭ އެހެން ކޮޓަރިއެއްގައި ފޮރުވާފައި އޮތް ވޮލެޓަކުން 1315 ރުފިޔާ ފެނިފައިވާކަމަށާއި އެފައިސާތަކުގެ ތެރޭގައި މިލަދޫ ސްކޫލްގެ ތިޖޫރީއިން ވަގަށް ނަގާފައިވާ ފައިސާ ކަމަށް ބެލެވޭ ފައިސާވެސް ހިމެނޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ތިޖޫރީގައިވާ ފައިސާގެ އިތުރުން ފުލުހުން ވަނީ އެރަށު ގެއަކުން 19،000 ރުފިޔާ ނެގި މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއްވެސް އެގޭގެ ތެރޭން ހޯދާފައެވެ.

މިދެމައްސަލައިގެ ތުޙުމަތުގައި އުމުރުން 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައިވާއިރު ނ. މިލަދޫ ސްކޫލްގެ ތިޖޫރީއިން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ