ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މޮނިޓަރުންނާއި އޮބަޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު މާޗު 5 ވަނަ ދުވަހާއި ހަމަޔަށް އިތުރު ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަން އިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބު 2020 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020ގެ މޮނިޓަރ އަދި އޮބަޒާވަރަކަށް ކުރިމަތިލުމުގެ މުއްދަތު 2020 މާޗު 5 ވަނަ ދުވުހުގެ 15:00 އާއި ހަމަޔަށް އިތުރު ކޮށްފައިވާކަމަށެވެ.
އިލެކްޝަން ކޮމިޝަނުން އޮބްޒާވަރ އަދި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ފުރުތަމަ ފުރުޞަތު ހުޅުވާލާފައިވަނީ މާދަމާގެ 15:00 އާއި ހަމަޔަށެވެ.
#LCE2020 adhi #WDC2020 ge observer adhi monitorunge gothugai kurimathi lumah hulhuvaalaafaiva muhdhathu 5 march 2020 vana dhuvahuge 15:00 ge niyalah ithuru kurevifaivaa vaahaka dhannavan.
— Elections Commission (@ElectionsMv) March 2, 2020
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އޮންނާނީ އެޕްރީލް 4 ވަނަ ދުވަހު އެވެ. އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވެފައިވާއިރު އެންމެ ގިނަ ފަރާތްތަކުން ކުރިމަތިލާފައި ވަނީ އެމްޑީޕީން ނެވެ. ދެން އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ.




