ކައުންސިލްތަކުން ޕްރޮވިންސް އޮފީހަށް ދާންޖެހުން ނިމުމަކަށް ގެނައީ އަޅުގަނޑު - ޑރ. ޖަމީލް

ކައުންސިލްތަކުން ޕްރޮވިންސް އޮފީހަށް ދާންޖެހުން ނިމުމަކަށް ގެނައީ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ހޯމް މިނިސްޓަރ ކަމުގައި ހުންނެވި ދުވަސްވަރު ކަމަށް އޭނާ ވިދާލުވެއްޖެއެވެ.

ޖަމީލް މިހެން ވިދާލުވެފައި މިވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއިން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ނިސްބަތް ކޮށް ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ޕާޓީއެއްކަމަށް ވާހަކަ ދައްކަވަމުން ދާ ދަނޑިވަޅެއްގައެވެ. ޚާއްސަ ކޮށް ކުރީގެ ރައީސް ޔާމީން އަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބޭފުޅެއްކަމަށް އެމްޑީޕީ އިން އަންނަނީ ބުނެމުންނެވެ.

ޖަމީމް ވިދާޅުވެފައިވަނީ 2008 ގައި އެމްޑީޕީ ގެ ވެރިކަމުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމް މުޅިން ގަޑުބަޑު ކޮށްފައިވާކަމަށާއި، އެގޮތުން އަތޮޅުތައް ކުއްޔަށްދީ މުޅިން ވީރާނާކުރިކަމަށެވެ. "އެތަންތަން މަރާމާތުކޮށް، ކައުންސިލްތަކުން ޕްރޮވިންސް އޮފީހަށް ދާންޖެހުން ނިމުމަކަށް ގެނައީ އަޅުގަނޑު ހޯމް މިނިސްޓްރީ އާއި ހަވާލުވެ" ޖަމީލް ވިދާލުވެފައިވެއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން ވިދާޅުވަމުންދަނީ ޕީޕީއެމްގެ ވެރިކަމުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމް އެއްކޮށް ފުނޑާލައިފައިވާ ކަމަށެވެ. އެގޮތުން ގިނަ ކައުންސިލަރުންތަކެއް ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައިފައިވާކަމަށެވެ.

ލާމަރުކަޒީ ޤާނޫނާށް ސަރުކާރުން ގެނެސްފައިވާ އިސްލާހުތަކާއި ގުޅިގެން މިހާރު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ފަސްމިލިއަނަށްވުރެ ކުޑި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުމުގެ ބާރުވެސް ރަށު ކައުންސިލްތަކަށް ވަނީ ދީފައެވެ. އަދި ކައުންސިލްތަކުގެ ބަޖެޓް ބޮޑުކޮށް ކައުންސިލަރުންގެ އަދަދު ތިނަކުން ފަހަކަށް ވަނީ އިތުރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ