ކުޑަހުޅުގެ އޮޕަރޭޝަނެއް ހަޒާޑު މިހަފްތާތެރޭ ކުރަނީ!

ސްޕެއިންގެ ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑު ކުޑަކުހުޅުގެ އޮޕަރޭޝަނެއް މިހަފްތާތެރޭ ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ރިޕޯރޓްތައް ބުނާ ގޮތުން ހަޒާޑުގެ މިއޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ހަޒާޑުގެ ކަނާތުގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު ލެވެންޓާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ލަލީގައި ކުޅެވުނު އެމެޗުން ރެއަލްމެޑްރިޑްވަނީ 1-0 ގެ ނަތީޖާއަކުން ދަށްވެފައެވެ.

ހަޒާޑުގެ މިއަނިޔާއަކީ ކިހާ ސީރިއަސް އަނިޔާއެއްކަމެއް އަދި މިއަނިޔާއާއެކު ކުޅުމާއި ދުރުގައި ހުންނަންޖެހޭނީ ކިހާ ދުވަހުކުކަމެއް ރެއަލްމެޑްރިޑުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މިސީޒަންގެ ނިމުމުގެ ކުރިން ހަޒާޑު އެނބުރި ކުޅުމާއި ބައިވެރިވެވޭނެކަމަށް އުންމީދުކުރާކަމަށް ކޯޗު ޒިދާންވަނީ ބުނެފައެވެ.

ޗެލްސީ ދޫކޮށް ހަޒާޑު މިދިޔަ އަހަރުގެ ޖުލައި މަހު ރެއަލްމެޑްރިޑާއި ގުޅުނީ 100 މިލިއަން ޔޫރޯއަށެވެ. ހަޒާޑް ރެއަލްމެޑްރިޑާއި ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެހެންނަމަވެސް އަނިޔާގެ ގިނަ މައްސަލަތަކެއް މިސީޒަންގައި ހަޒާޑަށް ކުރިމަތިވެފައިވާއިރު، މިހާތަނަށް ހަޒާޑު ރެއަލްމެޑްރިޑަށް ކުޅެދީފައިވަނީ އެންމެ 15 މެޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ