އަލްހާން ފަހުމީ - ފޮޓޯ: އޭއޯ ނިއުސް

މާލެސިޓީގެ ވެރިކަން އެއްޕާޓީ އަކުން ކުރާތާ 15 އަހަރު! ބަދަލު ގެންނަންވެއްޖެ! - އަލްހާން

މާލޭ ސިޓީގެ ވެރިކަން އެއްޕާޓީއަކުން ކުރާތާ އަހަރު ވެއްޖެކަމަށާއި، އެއަށް ބަދަލު ގެންނަން ޖެހޭ ކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނިޒާމެއް ތަޢާރަފް ކުރެވި ގިނަ ޕާޓީ ތަކުން ވާދަކޮށް ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 2008 ވަނަ އަހަރުއެވެ. އެއީ އޭރު ބޭއްވުނު ރިޔާސީ އިންތިޚާބެވެ. ރިޔާސީ އިންތިޚާބަށްފަހު 2009 ވަނަ އަހަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގިނަ ޕާޓީތަކުން ވާދަކޮށް ބާއްވާފައެވެ.

އޭގެ ދެ އަހަރު ފަހުން ފުރަތަމަ ފަހަރަށް ލޯކަލް ކައުންސިލް އިންތިޚާބެއް ބާއްވާފައިވަނީ 2011 ވަނަ އަހަރު އެވެ. މި އިންތިޚާބު ބޭއްވުމުގެ ކުރިންވެސް ސަރުކާރުން ވަނީ ބައެއް ރަށްރަށަށް ކައުންސިލަރުން އައްޔަން ކުރައްވާފައެވެ.

އަލްހާން ވިދާޅުވާ ގޮތުންނަމަ 2005 ވަނަ އަހަރުން ފެށިގެން މާލޭސިޓީގެ ވެރިކަން ކުރައްވަމުން އައިސްފައިވަނީ އެމްޑީޕީއިންނެވެ.

"އަޅުގަނޑު ދެކެނީ ލޯކަލް ކައުންސިލްތަކުގެ ބާރާ މިނިވަންކަން ޔަގީން ކުރެވޭނީ މަރުކަޒީ ސަރުކާރުގެ ނުފޫޒާއި ބާރު ކައުންސިލަށް ނުފޯރުވޭނެ ގޮތަކަށް ކައުންސިލަށް މެމްބަރުން އިންތިޚާބު ކޮށްގެން!" އަލްހާން ވިދާޅުވެފައިވެއެވެ.

ސިޔާސީ މައިދާނުގައި އަލްހާން ފާހަގަ ވެގެން ދިޔައީ ޑީއާރުޕީ އިންނެވެ. ޑީއާރުޕީގެ ތެރޭގައި އުފެދުނު ކޯޅުތަކަށްފަހު އަލްހާން ވަނީ އެމްޑީޕީއާއި ގުޅިފައެވެ. އެމްޑީޕީގައިވެސް އިސް މަޤާމްތަކެއް ފުރުވުމަށްފަހު އަލްހާން ދެން ގުޅިފައިވަނީ ޖުމްހޫރީ ޕާޓީއާއެވެ.

ދާދިފަހުން އަލްހާން ވަނީ ޖުމްހޫރީ ޕާޓީ އިން ވަކިވިކަން އިޢުލާނު ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ