މަނީ ހައިސްޓް 4: "ނައިރޯބީ" މަރުވީތަ؟!

އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ނެޓްފިލްކްސްގެ ސްޕެނިޝް ސީރީޒް މަނީ ހައިސްޓް ގެ ސީޒަން ހަތަރެއް ފެށެން މިއޮތީ ވަރަށް ކުޑަދުވަސްކޮޅަކަށްވެފައެވެ. މަނީ ހައިސްޓްގެ އެންމެ ފަހުގެ ސީޒަން ނިއްމާލައިފައިވަނީ، ބެލުންތެރިންނަށް ވަރަށް ބޮޑު “ޝޮކެއް” ދިނުމަށްފަހު، ހަތަރުވަނަ ސީޒަން އަށް އުއްމީދު ކުރުވާ ފަދަ ސުވާލުތަކެއް އުފައްދަަމުންނެވެ.

ސީޒަން 3 ނިއްމާލީ ސީރީޒްގެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ކެރެކްޓަރ "ނައިރޯބީ" ގަޔަށް ފުލުހުން ބަޑި ޖަހާ ތަނުންނެވެ. އެއާއެކު ތިންވަނަ ސީޒަން ނިމުނުއިރު ނައިރޯބީ މަރަށް ތެޅޭތަން ފެނިގެންދިޔަ އެވެ. އޭނާ މަރުވިތޯ ނުވިތޯ ވެސް އެނގޭނީ ހަތަރު ވަނަ ސީޒަނުންނެވެ.

އެހެންނަމެވެސް ދާދިފަހަކުން ހަތަރު ވަނަ ސީޒަންގެ ކުޑަ ވީޑިއޯ ކްލިޕެއް އާއްމުކޮށްފައިވާއިރު، އޭގެން ފެންނަނީ، ޕްރޮފެސަރ އެންމެނަށް ފޮނުވާ ވީޑީއޯ މެސެޖެކެވެ.

އެ މެސެޖުގައި ހައިސްޓެގެ އެންމެނަށްނުފޫޒު ބޭނުންކޮށްގެން ގެއްލުން ދޭން އުޅޭ ކަމުގައި ބުނެއެވެ، އަދި ހައިސްޓެގެ މީހުން ކިޑްނެޕް ކޮށް އަނިޔާކުރަނީ ވެސް ފުލުހުން ކަމުގައި ބުނެއެވެ. އަދި ކުޑަ ކުދިން ބެއިޓް އަކަށް ބޭނުންކޮށްގެން ހައިސްޓެގް މެންބަރުންނަށް ހަމަލާދޭން ފުލުހުން ޖެހިލުން ނުވާކަމުގައިވެސް ޕްރޮފެސަރ ބުނެއެވެ.

އަދި ފުލުހުން އާއްމުންނަށް އޮޅުވާލާ ދޮގު ދައްކާ ވާހަކަ ތަކަކީ ދޮގު ކަމުގައި ބުނެއެވެ. އެހެންކަމުން ފުލުހުން ދައްކާ ވާހަކަތައް ގަބޫލުނުކުރުމަށް އެދެއެވެ. އަދި ބޭނުންވަނީ އެންމެންނަށް ހަގީގަތް އޮޅުންފިލުވައިދިނުންކަމުގައި ބުނެއެވެ. މެސެޖު ނިއްމާލަމުން ތެދު ހާމަކުރަން ޖެހެނީ، ނައިރޯބީ، އަދި ލިސްބޮން އަށް ޓަކައި ކަމުގައިވެސް ބުނެއެވެ. އެހެންކަމުގައި ނައިރޯބީ މަރުވީތޯ ނުވަތަ ނޫންތޯ އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.

¡Por la Resistencia!

Por Nairobi. Por Lisboa. Por la verdad.

Posted by La Casa de Papel on Tuesday, 3 March 2020

އޭޕްރީލް 4 ގައި މަނީ ހައިސްޓެގ ސީޒަން ހަތަރެއް ފެށޭއިރު، އިއްޔެ ވަނީ ސީޒަންގެ ހަތަރެއްގެ ފުރަތަމަ ޓްރެއިލާވެސް ދައްކާލާފައެވެ. ޓްރެއިލާއިން ޝައުގުވެރި އަދި ނޭވާ ހިފަހައްޓާލަން މަޖުބޫރު އެތައް މަންޒަރުތަކެއް ފެނިގެންދާއިރު، މި ފަހަރުގެ ސީޒަން ވަރަށްވެސް ޝައުގުވެރިވާނެކަން ގައިމެވެ. އެގޮތުން ސީޒަން ދެ އެއްގައި މަރުވި ކެރެކްޓަރ "ބަރލިން" ގެ މަންޒަރެއްވެސް ސީޒަން 4 ގެ ޓްރެއިލާއިން ފެނެއެވެ. އެހެންކަމުން "ބަރލިން" މަރުނުވަނީ ހެއްޔެވެ؟. މި ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނީ ސީޒަން 4 ބަލާލުމުންނެވެ.

މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ