އެފްއޭ ކަޕް - އިގާލޯގެ ދެލަނޑާއެކު ޔުނައިޓެޑް ކުއާޓާއަށް

އެފްއޭ ކަޕްގައި ރޭ ޑާބީ ކައުންޓީއާއި ދެކޮޅަށް އޮޑިން އިގާލޯ ކާމިޔާބުކޮށްދިން ދެލަނޑާއެކު ފަޞޭޙަކަމާއެކު މެޗުން މޮޅުވެ މެންޗެސްޓާރ ޔުނައިޓެޑް މުބާރާތުގެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ.

އައިޕްރޯ ސްޓޭޑިއަމްގައި ރޭ ކުޅެވުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާ އަކުންނެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުވެސް ނިންމާލާފައިވަނީ ދެލަނޑުގެ ލިޑުގައެވެ. ފުރަތަމަ ލަނޑު 33 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑު ޔުނައިޓެޑަށް ކާމިޔާބުކޯށްދިނީ ލޫކް ޝޯއެވެ. އަދި ފުރަތަމަ ހާފުގެ ފަހު ފަސް މިނަޓްގައި ޔުނައިޓެޑުން ލީޑު އިތުރަށް ފުޅާކުރީ ދާދިފަހުން އެކްލަބާއި ގުޅުނު ނައިޖީރިއާގެ ފޯވާޑު އިގާލޯގެ ލަނޑުންނެވެ.

ޔުނައިޓެޑަށް މެޗަ ކަށްވަރުކޯށްދިން ލަނޑުވެސް އިގާލޯ ކާމިޔާބުކޯށްފައިވާއިރު، 70 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑެވެ. އިގާލޯ ޔުނައިޓެޑަށް މިހާތަނށް ކުޅެފައިވަނީ އެންމެ ދެމެޗެވެ.

ރޭފެ މެޗުގައި ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް އެކްލަބުގެ ކުރީގެ ކެޕްޓަން އަދި ފޯވާޑު ވޭން ރޫނީވަނީ ޔުނައިޓެޑާއި ދެކޮޅަށް ކުޅެފައެވެ. ރޫނީގެ ފަރާތުން ހިތްގައިމު ޕާސްތަކެއް ފެނިގެންގޮސްފައިވީނަމަވެސް ޔުނައިޓެޑް ޙައިރާންކޮށްލެވޭފަދަ ކުޅުމެއްވަނީ ދެއްކޭގޮތްނުވެފައެވެ.

ރޭގެ މޮޅާއެކު މުބާރާތުގެ ކުއާޓާރ ފައިނަލަށް ދަތުރުކުރި ޔުނައިޓެޑް، ކުއާޓާރ ފައިނަލްގައި ވާދަކުރަންޖެހޭނީ ނޯވިޗް ސިޓީއާއެވެ. މިމުބާރާތުގެ ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ޔުނައިޓެޑްގެ އިތުރުން އާސެނަލްއާއި، ޗެލްސީ އަދި މެންޗެސްޓާރ ސިޓީވެސްވަނީ މިމުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ