މެއިންޓެނެންސް މަސައްކަތް ނިމި އައްޑުއަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފައިވާކަމަށް ޕެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
އައްޑޫގައި ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން މިމަސައްކަތްކުރުމަށް މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް އައްޑޫއިންވަނީ ކަރަންޓް ކަނޑާލާފައެވެ.
Addu City CPS ge maintenance masakkai nimi, karantuge hidhumaiy dheyn fashaafaivaa vaahaka dhannavan.
— Fenaka Corporation Ltd (@TeamFenaka) March 7, 2020
Mifadha vaguthehgai Addu City ge enmehaa raiyyithun dhevvi ehbaarulumaai keiyytherikamah adhives ehfaharu ikaastherikamaaeku shukuru dhannavan. #TeamFenaka pic.twitter.com/ZxoawfR64F
ސެންޓްރަލް ޕަވަރހައުސްގެ ޕެނަލް އަޕްގްރޭޑްކޮށް އަލަށް ގެނައި ދެ އިންޖީނު ކަރަންޓުވިއުގަށް ގުޅުމުގެ މަސައްކަތްވެސް ފެނަކައިންވަނީ ކޮށްފައެވެ.
އައްޑޫ ސިޓީއަކީ އަބަދުވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށްވާތީ، މިމައްސަލަ ހައްލުކުރުމަށް ފެނަކައިން އިތުރު ޖެނެރޭޓަރުތަކެއް އައްޑޫއަށް ހޯދުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ފެނަކައިން ވިދާޅުވީ، އައްޑޫ ސިޓީ ސީޕީއެސް ގެ މެއިންޓެނެންސް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ހުރިހާ ހިސާބަކަށްވެސް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުން ދެއްވި އެއްބާރުލުމާއި ދެއްކި ކެތްތެރިކަން ފާހަގަކޮށް ފެނަކައިންވަނީ އައްޑޫ ރައްޔިތުންނަށް ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ.