ޔޫތް މިނިސްޓަރާއި، ޓްރާންސްޕޯޓް މިނިސްޓަރު މަޝްވަރާ ކުރައްވަން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މީސްމީޑިއާ

ބްރިޖާއި ހައިވޭގައި ބައިސްކަލާއި ފައިމަގުގައި ދެވޭގޮތް ހަދަން މަޝްވަރާކުރަނީ

ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި، ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުން އަދި ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ބައިސްކަލްގައި ދަތުރު ކުރެވޭގޮތް އަދި ދުވެފައާއި ހިނގާފައި ދަތުރު ކުރެވޭގޮތް ހެދުމަށް ޔޫތް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާ ކުރަން ފަށައިފިއެވެ.

އެކަން ހާމަކުރައްވާ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެއިން ހުޅުމާލެއަށް ބައިސްކަލުގައި އަދި ދުވެފައާއި ހިނގާފައި ދެވޭނެގޮތްތަކެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރު އައިޝަތު ނަހުލާ އާއެކު މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ކުރެވުނު މަޝްވަރާތަކުގެ އަލީގައި މަޙްލޫފް ވިދާޅުވެފައިވަނީ، އެކަން ކާމިޔާބު ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޔޫތް މިނިސްޓަރާއި، ޓްރާންސްޕޯޓް މިނިސްޓަރު މަޝްވަރާ ކުރައްވަން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މީސްމީޑިއާ

"ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށްފަހު، މިކަމަށް ހައްލެއް ހޯދޭނެކަމަށް އުއްމީދު ކުރެވޭ." މަޙްލޫފް ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖާއި، ހުޅުލެ-ހުޅުމާލެ ހައިވޭގައި މިހާރު ބައިސްކަލް ދުއްވުން މަނާއިރު، ހައިވޭގައި ފައިމަގުގައި ހިނގުންވެސް ހުއްދައެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ