ކޯވިޑް-19 ގެ ދެ ކޭސް ފެނިފައިވާ ކުރެއްދޫ ރިސޯޓްގައި ވަޒީފާ އަދާކުރި ފަރާތެއް ކ. ކާށިދޫގައި ހުރުމާއި ގުޅިގެން އެބޭފުޅާ މޮނީޓަރ ކުރަމުން ކުރަމުން އެބަދެއެވެ.
ކާށިދޫ ކައުންސިލްގެ ރައީސް ޢަލީ ސުލްޠާން މި ނޫހަށް ވިދާޅުވީ މި މަހުގެ 3 ވަނަ ދުވަހު އެރަށަށް އައި ކުރެއްދޫ ރިސޯޓްގެ މުވައްޒަފެއް މި ވަގުތު އެރަށުގައި އެބަހުރި ކަމަށާއި، އޭނާ މޮނިޓަރ ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ.
"އެމީހާ ކާށިދޫއަށް އައިސްފައިވަނީ މާރިޗު މަހުގެ 3 ވަނަ ދުވަހު، އޭނާ އަކީ ކުރެއްދޫ ރިސޯޓްގައި ވަޒީފާ އަދާކުރުމަށްފަހު އައި މީހެއް" ކައުންސިލްގެ ރައީސް ޢަލީ ޞުލްޠާން ވިދާޅުވިއެވެ.
އެހެން ކަމުން އޭނާ މޮނިޓަރ ކުރުމުގެ މަސައްކަތްތައް އެ ރަށު ހެލްތް ސެންޓަރު ދަނީ ކުރަމުން ކަމަށާއި، މިވަގުތު ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން ކަށީދޫ ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެމީހާގެ މަޢުލޫމާތު އެޗްޕީއާއިވެސް ޙިއްސާ ކުރެވިފައިވާކަމަށް ޢަލީ ޞުލްޠާން ވިދާލުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަދު ވެސް ކާށިދޫ ކައުންސިލުން ބައްދަލުވުމެއް ބޭއްވިފައި ވާކަމަށާއި، އެޗްޕީއޭގެ ލަފަޔާއެކު ކުރެއްދޫ ރިސޯޓުން އައި މުވައްޒަފު ދަނީ ވަރަށް ގާތްކޮށް މޮނިޓަރ ކުރެވެމުން ކަމަށް އޭނާ ވަނީ ވިދާލުވެފައެވެ.
އެމީހާއާއ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކާށިދޫ ހެލްތް ސެންޓަރުގެ މީޑިއާ އަށް ގުޅުމުން ފޯނު ކަނޑާލާތީ، އޭނާގެ ހާލަތާ ގުޅޭ އިތުރު މަޢުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.




ހިޔާލު
މީޑިއާ ނަންބަރު ދީބަލަ. ފޯނު ނަގަންދެން ގުޅާނަން؛