ކޯވިޑް-19 އާއި ގުޅިގެން ށ. ފޯކައިދޫގައި 9 މީހަކު ހޯމް އައިސޮލޭޝަންގައިއެބަތިބި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެޗްޕީއޭއިން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން އެޗްޕީއޭ އިން ވިދާލުވީ ށ. ފޯކާދޫގައި ތިބި 9 މީހުންގެ ތެރެއިން އެކަކު މިއަދު ހަވީރު 16:30 ފަރުކޮޅު ފުއްޓަށް ގެންދެވޭނެކަމަށެވެ.
ރާއްޖޭގެ ހާލަތަށް ބަލާލާއިރު، ރާއްޖޭގައި މިހާތަނަށް 63 ސާމްޕަލްއެއް ނެގިފައި އެބަހުރިކަމަށާއި ނަމަވެސް އެއީ 63 މީހުންގެ ނޫންކަމަށް ވެސް އެޗްޕީއޭއިން ވިދާލުވެއެވެ. "ބައެއް މީހުންގެ ހުރެދާނެ ދެ ސާމްޕަލްވެސް ނެގިފަ" އެޗްޕީއޭ އިން ވިދާޅުވިއެވެ. ސާމްޕަލް ނެގި މީހުންގެ ތެރެއިން 4 މީހަކު ޕްޒިޓިވް ވެފައިވާކަމަށާއި 49 މީހަކު ނެގެޓިވް ކަމަށް ނަތީޖާތަކުން ދައްކާކަމުގައިވެސް އެޗްޕީއޭ އިން ވަނީ ވިދާލުވެފައެވެ.
އެޗްޕީއޭ އިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކޯވިޑް-19 އަށް ސާމްޕަލް ނެގުމުގެ އިންތިޒާމް ވާނީ ހަމަޖެހިފައި ކަމަށާއި، އަދި 12 ގަޑިއިރާއި 6 ގަޑި އިރާ ދޭތެރޭގެ ވަގުތެއްގައި އޭގެ ނަތީޖާ ލިބޭނެ އިންތިޒާމްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައިކަމަށެވެ.




