ކޮވިޑް-19 އާއި ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ޕީއެސްޖީ އަދި ބޮރޯސިއާ ޑޯޓުމުންޑް ބައްދަލުކުރާ މެޗަށް ސަޕޯޓަރުން ވަނުން މަނާކޮށްފިއެވެ.
ޕެރިސް ފުލުހުން ބުނީ، ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގެ ޑިފެންސް ކައުންސިލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޕީއެސްޖީ އަދި ޑޯޓުމުންޑް ބައްދަލުކުރާ މެޗަށް ސަޕޯޓަރުން ވަނުން މަނާކުރަން ނިންމާފައިވާކަމަށެވެ.
#Coronavirus | En application des mesures annoncées en conseil de défense hier soir, le préfet de Police a décidé que le match #PSGBVB se déroulera à huis clos. pic.twitter.com/arwKhKE81f
— Préfecture de Police (@prefpolice) March 9, 2020
ޔޫއެފާއިންވެސް މިގޮތަށް ނިންމާފައިވާއިރުގައި ޔޫރޮޕާ ލީގުގައި ފްރާންސްގެ އޮލިމްޕިއާކޯސްއާއި ވެންޑާރ ބައްދަލުކުރާ މެޗުވެސް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޔޫއެފާއިންވަނީ ނިންމާފައެވެ.
ފްރާންސްގެ ޕެރިސްގައި ކުޅުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އަދި ޑޯޓުމުންޑް ބައްދަލުކުރާ މިމެޗު ކުޅޭނީ މާދަމާ ރޭ 01:00 ގައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިވައިރަހުގެ އަސަރު ފުޓްބޯޅައަށްވެސް މިވަނީ ކޮށްފައެވެ. މިވައިރަހާއި ގުޅިގެން އިޓާލިއަން ސީރީއާގެ މެޗުތަށް އަންނަ އޭޕްރީލް މަހުގެ 3 އާއި ހަމައަށް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ހަމަޖެހިފައިވާއިރު، މޮރޮކޯ އަދި ސައުދީ އެރޭބިއާގައިވެސް މެޗު ބަލަން ދަނޑުތަކަށްވަނުންވަނީ މަނާކޮށްފައެވެ.



