ޔޫސީއެލް - ދެވަނަ ލެގުން މޮޅުވެ ޕީއެސްޖީ ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ ޑޯޓުމުންޑާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗުން މޮޅުވެ ޕީއެސްޖީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސަޕޯޓަރުން ނުވައްދާ ކުޅުނު މިމެޗުން ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ނޭމާ ކާމިޔާބުކޮށްދިނީ 28 ވަނަ މިނަޓްގައެވެ. ޑިމާރިއާގެ ކޯނަރަކުން ހުރަސްވި ބޯޅައިން ނޭމާ ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑާއެކު ޕީއެސްޖީއަށް ހިނިތުންވުން ގެނުވިއެވެ. މިމެޗުގެ ފުރަތަމަ ލެގުން ނުކުތް ނަތީޖާއާއެކު ޕީއެސްޖީ ކޮޅަށް ލަނޑެއް ނުވައްދައި އަނެއްބުރަށް ދާން ބޭނުންވަނީ އެންމެ ލަނޑެކެވެ.

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕީއެސްޖީއިން ލީޑު އިތުރަށް ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާނަޓް ވެލަސްކޯ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.

މެޗުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައި ނުވާއިރު، މެޗުގެ ފަހު މިނަޓްގައި ޑޯޓުމުންޑްގެ އެމްޗޭންއަށްވަނީ ދެވަނަ ރީނދޫ ކާޑާއެކު، ރަތްކާޑެއް ދައްކާފައެވެ. މެޗުގެ ފަހު ކަށިގަނޑާއެކު ޕީއެސްޖީ ކުޅުންތެރިންވަނީ ޑޯޓުމުންޑުގެ އުމުރުން 19 އަހަރުގެ ހާލަންޑަށް މަލާމަތްކޮށް ފުރަތަމަ ލެގުގައި ލަނޑު ޖެހުމަށްފަހު އޭނާ އުފާފާޅުކުރި ގޮތަށް އުފާފާޅުކޮށްފައެވެ. ނޭމާގެ ލަނޑަށްފަހު ނޭމާވެސް މިގޮތަށް އުފާފާޅުކުރިކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މޮޅުންވެ ކުއާޓާ ފައިނަލް ޔަޤީން ވުމާއެކު ޕީއެސްޖީ ކުޅުންތެރިންވަނީ ސްޓޭޑިއަމް ތެރޭ ހުރެގެން، އެސަރަޙައްދު ބޭރަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އުފާފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ