2020 އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެންނުގެ
ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 18 އޭޕްރީލަށް ކައުންސިލް އިންތިހާބު ފަސްކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިއަދު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން، އިލެކްޝަން ކޮމިޝަން މެންބަރުންގެ އިއްތިފާގުން ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސްކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ، މިއަށްވުރެ އިތުރަށް ދެން ވޯޓުލުމުގެ ތާރީޚް ބަދަލު ކުރެވޭނީ ކޯޓުގެ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ޤާނޫނަކުންކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން ކުރާ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން ވޯޓު ކަރުދާސް ޕްރިންޓް ކުރުމާއި އަދި ރަށްރަށަށް ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ޖެހޭ ތަކެތި ޕެކްކޮށް ޑިސްޕެޗް ކުރުން ފިޔަވާ އެހެން ހުރިހާ ކަމެއް ނިމިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް 8 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައި ވާއިރު، މިވައިރަހާއި ގުޅިގެން މުޅި ރާއްޖެއަށް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ.
މީގެއިތުރުން ސްކޫލްތައް ހުޅުވުންވެސް ސަރުކާރުންވަނީ ހަފްތާއަކަށް ލަސްކޮށްފިއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														