ދިވެހިރާއްޖެ އަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަބްދުއްރަޙީމް ވިދާޅުވީ ގައުމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެކަން އިނގޭ ކަމަށެވެ. ސަބަބަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން މިއަދު އިޢުލާން ކޮށްފައިވާތީ ކަމަށެވެ. އެފަދަ ކަމެއް ކުރައްވާނީ ގައުމަށް އޮތް ނުރައްކަލެއްގެ ބޮޑު ކަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެކަމާއި ގުޅިގެން އެކި ބޭފުޅުން ދައްކާފައިހުރީ އެކި ވާހަކަ. އިނގިވަޑައިގަންނަވާނެ ޓޫރިޒަމް މިނިސްޓަރ ދެއްކި ވާހަކަ އާއި ހެލްތު މިނިސްޓަރ ދެއްކެވި ވާހަކަ އާއި ރައީސުލްޖުމްހޫރިއްޔާ ދެއްކިވި ވާހަކައާއި ދިމާލެއް ނުވޭ" އަބްދުއްރަޙީމް ވިދާޅުވި އެވެ.
އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ވަނީ ރިސޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް "ނޯޕޭ ލީވް" ދީފައި ވާކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ޅީޑަރު ގާސިމް އިބްރާހީމް ނިސްބަތްވާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފައި ވާކަމަށެވެ.
ރައީސް ޞޯލިހު މިއަދު ގައުމާއި މުޙާތަބު ކޮށް ވާހަކަ ދައްކެވިއިރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ވިސްނާފައި ނުވާނެ ކަމަށެވެ. 12 އާއި 30 ޕަސެންޓުގެ ވެއްޓުމެއް ޓޫރިޒަމް ދާއިރާއިން އަންނާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.




2 Responses
Adhurey ah adhikiriyaatha miengunee adhives haadhafahathugaey miulheny
Adhurey ge nurakaa ves v bodu mi gaumah