ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފަސްކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ފަސްކޮށްފިއެވެ.

ޔޫއެފާއިން ވިދާޅުވީ، އަންނަ ހަފުތާ އަށް ޝެޑިއުލްކޮށްފައިވާ ޔުއެފާގެ ހުރިހާ ކްލަބް މެޗުތަކެއް، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކޮށްފައިވާކަމަށެވެ. މީގެއިތުރުން މާރޒް 20 ގައި އޮންނަ ކުރިއަށްއޮތް ބުރުތަކުގެ ގުރުއަތުލުންވެސް މިހާރުވަނީ ފަސްކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި ރެއަލްމެޑްރިޑް ކުޅޭ މެޗާއި ޔުވެންޓަސް އާއި އޮލިމްޕިކް ލިޔޯން ކުޅޭ މެޗު ކުރިން ވެސް އޮތީ ފަސްކޮށްފައެވެ. ބަޔާން މިއުނިކާއި ޗެލްސީ ބައްދަލުކުރާ މެޗާއި ބާސެލޯނާއާއި ނަޕޯލީ ބައްދަލުކުރާ މެޗުވެސް މިހާރު މިވަނީ ކެންސަލްކޮށްފައެވެ. ޔޫރޮޕާ ލީގުގެ 8 މެޗެއް ފަސްކޮށްފައިވެއެވެ.

މިވައިރަހާއި ގުޅިގެން މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 އާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހަށްވަނީ ތާވަލްކޮށްފައެވެ.

މިހާތަނަށް 125000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 4،600 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ. އަދި 118 ޤައުމުގައި މިވައިރަސް މިހާރުވަނީ ފެތުރިފައެވެ.

ދުނިޔޭގެ ހެލްތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިންވަނީ ކޮވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިދާނެ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ