ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ މީހުންގެ ވާހަކަ ބައެއް ރިޒޯޓުތަކުން ސިއްރުކުކުރާކަމުގެ މަޢުލޫމާ ލިބޭކަމަށާއި، ވަޒީފާގެ ބިރަށް މިފަދަ ބޮޑުކަމެއް ސިއްރުނުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ، ބައެއް ރިޒޯޓްތަކުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ މީހުންގެ ވާހަކަ ސިއްރުކުރާ ކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށާއި، އެއްވެސް ސްޓާފަކަށް މިފަދަކަމެއް އެނގޭނަމަ އަވަހަށް ސިއްރުނުކޮށް އަވަހަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއަށް އެންގެވުން އެދޭކަމަށެވެ. އަދި އެމުވައްޒަފުންނަށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ހިމާޔަތް ލިބޭނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
Baeh resort thakun #COVIDー19 ge alaamaaiy thah fenna meehunge vaahaka sirru kuraa kamuge mauloomaathu dhanee libemun.
— ?? ??????? ???? ? (@Roxeyna) March 14, 2020
Evves staff akah ves mifadha kameh engeynama @HPA_MV ah avahah angava. Whistle blower protection Act ge dhashun thibeyfulhunnah himaayai libeyne. #StaySafe
"ވަޒީފާގެ ބިރަށް އަނގައިން ނުބުނެ ނުހުންނަވާ. ހުރިހާ ރައްޔިތުންގެ ސަލާމަތަށް ވިސްނަވާ. ތިބޭފުޅާއަށް ޤާނޫނީ ހިމާޔަތް ލިބޭ." ރޮޒައިނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ ފަސް ރިސޯޓަކުން ދިހަ މީހުންވަނީ ކޯވިޓް-19 އަށް މީހުން ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ކުރެއްދޫއިން 5 މީހުންނާއި ބަތަލާއިން ދެ މީހުންނާއި، ކުރަމަތިން ދެ މީހުންނާއި އަދި އަނަންތަރާ ދިގު ރިސޯޓުން އެކަކު ހިމެނެއެވެ.



