މިސްރުގެ ރައީސްގެ ދައުރު ދިގުދެމިގެންދާ އިސްލާހަށް އެގައުމުގެ ރައްޔިތުން ރުހުންދީފި

މިސްރުގެ ރިޔާސީ ދައުރު ހަތަރު އަހަރުން ހަ އަހަރަށް އިތުރުކުރުމަށް އެގައުމުގެ ގާނޫނު އަސާސީއަށް ގެނައި ގާނޫނު ހަދާ މަޖިލީހުން ގެނައި ބަދަލަށް އެގައުމުގެ ރައްޔިތުން ރުހުން ދީފިއެވެ.

ގާނޫނު އަސާސީ އަށް ރުހުން އޮތްތޯ ބެލުމަށް ބޭއްވުނު އިންތިހާބުގައި 88.83 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ ބަދަލުތަކަށް ތާއީދުކޮށް ކަމަށް މިސްރުގެ އިންތިހާބުތަކާބެހޭ އިދާރާއިން ބުނެ އެވެ. ތިން ދުވަހަށް ދިގުދެމިގެން މި އިންތިހާބުގައި 27.2 މިލިޔަން މީހުން ވޯޓުލާފައިވެ އެވެ.

ގާނޫނު އަސާސީ އަށް ގެނެވުނު މި ބަދަލާއެކު މިހާރު މިސްރުގެ ރައީސްކަމުގައި ހުންނެވި އަލް ސީސީގެ ރިޔާސީ ދައުރު އިތުރު ދެއަހަރަށް އިތުރުވާނެއެވެ. އަދި 2024 ވަނަ އަހަރު މިސްރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ގާނޫނު އަސާސީ އަށް ގެނެވުނު މި ބަދަލުތަކާއި ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ އަލް ސީސީ ވެރިކަމުގައި ދިގު މުއްދަތަކަށް ދެމިހުރުމަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ