ތަކުރާރުކޮށް އިސްލާމްދީނަށް ފުރައްސާރަކުރަމުންދިޔަ ރުޝްތަމް ހައްޔަރުކޮށްފިއެވެ.
ރުސްތަމް ތަކުރާރުކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ފަހުކޮޅު އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަކޮށްގެން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ.
ދާދި ދެންމެ ފުލުހުން ވިދާޅުވީ، އޭނާ އަލުން ހައްޔަރުކޮށްފައިވަނީ މިއަދު 2020 މާރިޗު 15 ވަނަ ދުވަހު (މިއަދު)ގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
"އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، އިސްލާމްދީނަށް ފާޑުކިޔައި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، މުޖުތަމައުގެ ސުލްހަމަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުންދާކަމުގެ ތުހުމަތުގައި 2020 މާރިޗު 15 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް މާލެއިން ހައްޔަރުކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކޮށްފައިވަނީ ކާކުކަން ސާފުކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއަދު ހައްޔަރުކުރި ފަރާތަކީ މިބާވަތުގެ މައްސަލައެއްގައި މިދިޔަ އަހަރު ގދ.ތިނަދޫއިންވެސް ހައްޔަރުކޮށްފައިވާ ފަރާތެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
ރުސްތަމް މިނިވަން ވުމާއެކު އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާއިރު، އޭނާއަކީ އިސްލާމްދީން ޤަބޫލުކުރާ ފަރާތެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ. އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖޭގައި ޤާނޫނީ ކުށެކެވެ.
ހިޔާލު
It’s ok when someone in the politics does this and somehow it’s not crime when an ordinary man does it. They should be arrested too