ވިލިމާލެއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް ފެނިއްޖެ

ވިލިމާލެއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް ފެނިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ވިލިމާލެއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް ފެނިގެން ކުރި ރިޕޯޓަކާއި ގުޅިގެން އެރަށުގައި ޙަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށާއި ޝައްކުކުރެވޭ ފަރާތް ފަރުކޮޅު ފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

މިދިވެހި މީހާއަކީ ސައުތުކޮރެއާ ދަތުރުކޮށްފައިވާ މީހެއްކަމަށާއި، ނަމަވެސް އޭނާ ގޮސްފައިވަނީ ރާއްޖެއިން ދަތުރުކުރުން މަނާކޮށްފައިވާ ސައުތުކޮރެއާގެ ޕްރޮވިންސަކަށް ނޫންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 ފަރާތެއް މިހާތަނަށް ފެނިފައިވާއިރު، އެއެންމެންކީވެސް ބިދޭސީންނެވެ. މިވައިރަހަށް ޕޮޒިޓިވް ވެފައިފާ 13 މީހުންގެތެރެއިން 9 މީހުންނަކީ ނިސްބަތްވަނީ އިޓަލީއަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ