ޕްރިމިއާ ލީގު އޭޕްރީލް 30 އާއި ހަމައަށް ފަސްކުރަން ނިންމައިފި

އިންގްލިޝް ޕްރިމިއާ ލީގު އަންނަ އޭޕްރީލް މަހުގެ 30 އާއި ހަމައަށް ފަސްކުރަން ނިންމައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ޕްރިމިއާ ލީގު މީގެކުރިން ފަސްކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 3 ކާއި ހަމައަށެވެ. ނަމަވެސް ވައިރަސް ކޮންޓްރޯލް ނުވެ އިތުރަށް ފެތުރޭތީއެވެ. އިންގްލޭންޑްގައި 2500 އަށް ގިނަ މީހުން މިހާރުވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އެކަން ހާމަކޮށްފައިވާއިރު، 2019-20 ސީޒަން ނިންމާނެ ގޮތްތަކަކާމެދު މަޝްވަރާކުރަމުންދާކަމަށްވަނީ ބުނެފައެވެ. މީގެއިތުރުން ކޮންމެ ސީޒަނެއް ޖޫން 1 އަށް ނިންމަން އޮތް އޮތުންވެސް މިސީޒަނަށްވަނީ އިތުރުކޮށްފައެވެ.

އަދި ޔޫރޯ 2020 ވެސް އެއްއަހަރަށް ފަސްކޮށްފައިވާއިރު، މިސީޒަން ނިންމަށް އިތުރު ދަތިތަކެއް ކުރިމަތި ނުވާނެކަމަށް އެސޯސިއޭޝަނުންވަނީ ބުނެފައެވެ.

އިނގިރޭސި ސަރުކާރުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާއިރު، ހުކުރުދުވަހުން ފެށިގެން ސްކޫލްތަށްވެސް ބަންދުކުރާ ގޮތަށްވަނީ ނިންމާފައެވެ.

އާސެނަލްގެ ކޯޗު މައިކަލް އާޓެޓާއާއި ޗެލްސީގެ ވިންގާ ހަޑްސަން އޮޑޮއިވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ