ކޮވިޑް-19 އާއި ގުޅިގެން ބާސެލޯނާއިން މުސާރަ ކުޑަކުރަނީ!

ކޮވިޑް-19 އާއި ގުޅިގެން މަޝްހޫރު ބާސެލޯނާއިން މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ގެންގުޅޭކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ސްޕެއިންގެ އެހެން ކްލަބުތަކެކޭވެސް އެއްގޮތަށް އަންނަ އޭޕްރީލްގެ މަހުގެ 4 ކާއި ހަމައަށް ބާސެލޯނާއިންވަނީ ފަރިތަކުރުންތަކާއި ކްލަބުގެ އެހެނިހެން ހަރަކާތްތައް މެދު ކަނޑާލާފައެވެ. ރިޕޯރޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ހަފްތާތަކަށް ބާސެލޯނާއިން ތައްޔާރުވުމަށް އެކްލަބުގެ ޑިރެކްޓަރުންވަނީ އިލެކްޓްރޯނިކް ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ.

އަދި ހަފްތާ ނިމުމުގެ ކުރިން ބާސެލޯނާއިން އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށް ރިޕޯރޓްތައް ބުނާއިރު، އެކްލަބުން އަޅާނެ ފިޔަވަޅުތަކުގެ ތެރެއިން ސްޓާފުންނާއި ކުޅުންތެރިންގެ މުސާރަ ކުޑަ ކޮށްފާނެކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެހެންނަމަވެސް އަންނަ ހަފްތާގައި ބާސެލޯނާގެ ނިންމުންތައް ހާމަކުރާނެއެވެ.

ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކިހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިވައިރަސް ކޮންޓްރޯލް ކުރުމަށާއި، މިވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިޤްތިސާދީގޮތުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެކި ޤައުމުތަކުގެ ސަރުކާރުންނާއި ވަކިވަކި ކުންފުނިތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން އެކަމުގެ އަސަރު ފުޓްބޯޅައަށްވެސް ކޮށްފައިވާއިރު، ސްޕެނިޝް ލަލީގާވެސް ވަނީ އަންނަ އޭޕްރީލް މަހުގެ 4 އާއި ހަމައަށް މެދު ކަނޑާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ