ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ކާރަކާއި ބަހެއްޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ކާރަކާއި ބަހެއްޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ނިރޮޅު މަގުގައި ކާރަކާއި ބަހެއްޖެހި އެކްސިޑެއްޓެއް މިއަދު ހިނގާފާއިވާކަމަށާއި، މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށެވެ.

އެހެންނަމަވެސް އެކްސިޑެންޓްވި ދެ އުޅަނދައްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިއެކްސިޑެންޓް ހިނގިއިރު ދެ އުޅަނދު ދުއްވަންހުރި މީހުން އަތުގައިވެސް ލައިސެންސް އޮތްކަމަށާއި، މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށެވެ.

މިއެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 15:32 ހާއިރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ