ކޮވިޑް-19 އިތުރަށް ފެތުރުނަނުދީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގެ މަގުތައް ކްލޮރިން ލައިގެން ދޮވުމުގެ މަސައްކަތް ފަށައިފިއެވެ.
އެކަން މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާއިރު، އެކައުންސިލްގެ މިއަދުކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ( ކޯވިޑް-19 ) އިން ރައްކާތެރިވުމުގެ ގޮތުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އާއި މާލެސިޓީ ކައުންސިލްއާއި ގުޅިގެން މާލެސިޓީގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި އަޑީގައި ކުނިޖަމާވާގޮތަށް މަގުމަތީގަ ބަހައްޓާފައި ހުންނަ ޕެލެޓާއި ހަލާކުވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް 23 މާރިޗް 2020 ވާ ހޯމަ ދުވަހު ހެނދުނުން ފެށިގެން ކުރިއަށް ގެންދާނެކަމަށްވެސް އެކައުންސިލްގެ އިޢުލާނުގައި ވެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު، އެކަމާއި ގުޅިގެން ސަރުކާރުން ދަނީ މިވައިރަހުން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިގްޤީޞާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ.





ހިޔާލު
Adhi Maleygai fethurey kamuge ehves hehkeh neih echakah malege maguthah bodu agugai disinfect kurumakee beykaaru adhi eyge asaru maleyge thimaavehtahves kuraane moya kameh. Kuraane kameh neyngigen ulhenyaa geyga thibebala….