ރީކޯ މޫސަ

މަގުތަކުން ފެންނަ ކޮންމެ ދިވެއްސަކަށް ނިސްބަތުން ދިހަ ބިދޭސީން އެބަ ހިނގާ އުޅޭ - ރީކޯ މޫސަ

މާލޭގެ މަގުތަކުންފެންނަ ކޮންމެ ދިވެއްސަކަށް ނިސްބަތުން ދިހަ ބިދޭސީން އެބަހިނގާ އުޅޭ ކަމުގައި މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސަ ގޮވާލައްވައިފިއެވެ.

ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ހައްލުކުރެވިފައިނުވާ ބޮޑު މައްސަލައަކަށް ވާއިރު، ރީކޯ ވިދާޅުވެފައިވަނީ، މާލޭގެމަގުތަކުންފެންނަ ކޮންމެ ދިވެއްސަކަށް ނިސްބަތުން ދިހަ ބިދޭސީން އެބަހިނގާ އުޅޭ ކަމަށާއި ހޮޓާ ކެފޭތަކައް އެމީހުންވަދެ މޭޒުތަށް ކައިރީ ތިބެގެން ކައިބޮއެ ހަދަމުންދާކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ހުރިހާ ފަރާތްތަކުންވެސް ގޭގައި މަޑުކުރުމަށް ޑޮކްޓަރުން އާދޭސް ކުރަމުންދާއިރު، ބިދޭސީބަޔަކު ކުރާ މިފަދަ ޢަމަލަކުން އެތަށް ބައެއްގެ ފުރާނަ ނުރައްކަލަށް ދާން ދޫކޮށްނުލުމަށް ރީކޯ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރީކޯ ވަނީ ފިލައިގެން އުޅުނު ބިދޭސީންގެ ޕާސްޕޯޓު އެމީހުންނާ ހަވާލުކުރުމުން އެ އަދަދަށް މީހުން ފުރަމުންދޭތޯ ނޫސްވެރިން ބައްލަވާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ. "ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންގެއަތަށް ޕާސްޕޯޓުތަށް ދޫކޮށްނުލައްވާ" ރީކޯ ވިދާޅުވެފައިވެއެވެ.

ރީކޯ މިހެން ވިދާޅުވެފައި މިވަނީ ވާރކް ވިސާއާއި، ޓްރެވެލް ޑޮކިއުމެންޓް ނެތް ބިދޭސީން ސަރުކާރުގެ ޚަރަދުގައި އެބައެއްގެ ޤައުމަށް ފޮނުވާލަން ސަރުކާރުން ނިންމާފައިވަނިކޮށެވެ.

ރީކޯ އިތުރަށް ވިދާޅުވެފައިވަނީ އެމީހުންގެ ޓިކެޓްނަގަން ބޭނުންވީމަ އިމިގްރޭޝަންގެ ބެލުމުގެ ދަށުން އެކަންކުރުމަށްފަހު ފުރަންދިއުމުން އެއަރޕޯޓުން ޕާސްޕޯޓުހަވާލުކޮށްފަ ފުރުވާލުމަށެވެ. "އެހެންނޫނީ ދެންފިލާނީ ޕާސްޕޯޓާއެކު" ކަމަށް ރީކޯ ވިދާޅުވެފައިވެއެވެ.

ޤާނޫނާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ދަނީ ރާއްޖޭގައި އުޅެމުންނެވެ. އެފަދަ މީހުން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްތަކުގައި އެތައް ހާސް ބިދޭސީންނެއް ރަޖިސްޓްރީން ވެފައިވެއެވެ.

ބިދޭސީންގެ މައްސަލަތަކުގައި ވަރަށް ބޮޑަށް ވަކާލާތު ކުރެއްވާ ބޭފުޅެއްގެ ގޮތުގައި ރީކޯ ވަނީ ފާހަގަ ކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Zuvaari

    Bidheysin cartel hadhagen vahaka masthuvathakeicha hashivikuma adhi ithuru serious kuhthakeh gaumuga kurey. Eyge thereyga money laundering ah belevey giwtah u registered viyafaari vs hingaa. Mi meehun dhivehi gaumah kuluneh noanaane . Miy nurakaatheri kameh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ