މިއަހަރުގެ މޭޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިމްތިހާން މޭ/ޖޫން ގައި ނުބާއްވާ ގޮތައް ނިންމައިފިއެވެ.
މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާން ބާއްވާނެ ތޯ ނުބާއްވާނެތޯ އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާވީ މޭޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭއެސް ލެވެލް އިމްތިހާން މިއަހަރުގެ އޮކްޓޯބަރ/ ނޮވެމްބާރ ގައި ބޭއްވުމަށް ލަސްކޮށްފި ކަމަށެވެ.
މީގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވީ ރާއްޖެއިން މޭ ޖޫން އިމްތިހާނުގައި ބައިވެރިވެފައިވަނީ ވަރަށް މަދު ކުދިން ކަމަށެވެ. އެހެންކަމުން މިކަމުގައި ރާއްޖެއަށް އޮތީ ކޮންކަހަލަ ފުރުސަތު ތަކެއްތޯ ބެލުމަށް ކޭމްބްރިޖް އާއި ސްކޫލް މެނޭޖްމެންޓްއާއި ދެމެދު ދަނީ މަޝްވަރާ ކުރެވެމުން ކަމަށެވެ. މަޝްވަރާ ކުރުމަށް ފަހު މިވަނީ މޭ/ޖޫން އިމްތިހާން ފަސްކޮށްފައެވެ.
އިމްތިހާން ފަސްކޮށްފައި މިވަނީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގުމުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުންނެވެ.
ރާއްޖޭގައި ޖުމްލަ 37 ސެންޓަރެއްގައި ކުދިން އިމްތިހާން ހެދުމަށް ބައިވެރިވެފައި ވެއެވެ.




