އިންތިހާބަކާއި ނުލާ ޕީއެންސީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އައްޔަންކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި ޕާޓީގެ ކޮންގްރެސްގައި، އަދުރޭ އެ ޕާޓީގެ ރައީސް ކަމަށް އައްޔަން ކުރިއިރު، ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދުރޭ ފިޔަވާ އިތުރު ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.
ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ރައީސްގެ އިތުރުން ނައިބު ރައީސުންނާއި، ކައުންސިލް މެންބަރުންވެސް އިންތިޚާބު ކޮށްފައިވެއެވެ.
ޕީޕީއެމް އެކޭ އެއްގޮތަށް ޕީއެންސީއަކީވެސް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ހިންގާ ޕާޓީއެއް ކަމަށް އަދުރޭ މީގެ ކުރިން ވިދާޅުވެފައިވެއެވެ.




